logo minivan

English

ހޮނިހިރު, 05 އޮކްޓޯބަރ 2024
ހޯމް މިނިސްޓަރު އިހުސާން..

ކަރެކްޝަން މުއައްޒަފުންގެ 73 މިލިއަން ރުފިޔާގެ ރިޝްވަތުގެ ބޮޑު ހިޔާނާތެއް

ޖަލުގައި ތިބޭ ކުށްވެރިންނަށް ޤާނޫނާއި ހިލާފަށް ތަކެތި ވައްދައިދީގެން ކަރެކްޝަނުގެ މުއައްޒަފުންތަކެއް 73 މިލިއަން ރުފިޔާ ނަގާފައިވާކަން ފުލުހުން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.

ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނުގެ 18 މުއައްޒަފަކު ހަރަކާތްތެރިވެފައިވާކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވީ، މިހާތަނަށް ތަހުގީގުކުރި ކުރުމުން އެކަން ހިންގާފައިވަނީ ކަރެކްޝަނުގައި މަސައްކަތްކުރާ ޖޫނިއާ މުއައްޒަފުންކަމަށެވެ.

އެ 18 މުއައްޒަފުންގެ ތެރެއިން މިހާތަނަށް 6 މީހަކު ވަޒީފާއިން ވަކިވެފައިވީނަމަވެސް، އެ މީހުންގެ މައްސަލަތައް ބަލާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ހޯމް މިނިސްޓަރުކަމާ ހަވާލުވިއިރު، ޖަލުތައް ބެލެހެއްޓުމުގެ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި، ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރަމުން އަންނަ ކަމަށެވެ. މިގޮތުން ޖަލަށް ތަކެތި ވެއްދުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޖަލަށް ވަންނަ ދޮރުތަކުގައި މެޓަލް ޑިޓެކްޓަރ ހަރުކޮށްފައިވާއިރު، ކައިރި މުސްތަގްބަލެއްގައި ހަށިގަނޑު ބަލާފާސްކުރާ މެޝިނެއް ބަހައްޓާނޭކަމަށް އިހުސާން ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *