logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

އިންޑިއާގެ ޕޭމަންޓް ގޭޓްވޭ ޔޫޕީއައި ގެ ޙިދުމަތް ރާއްޖެއަށް ތަޢާރަފް ކުރަނީ

އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުުގައި ނެޝަނަލް ކޯޕަރޭޝަން އޮފް އިންޑިއާގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނިކަމުގައިވާ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާއެކު އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރީއާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފައެވެ.

ރޭ ފޮރިން މިނިސްޓަރީގައި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި  އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމަނިއަމް ޖައިޝަންކަރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވީ އުއްމީދުކުރަނީ ވަރަށް އަވަހަށް ރާއްޖޭގައި ޔޫޕީއައިގެ ޓްރާންސެކްޝަން ރާއްޖޭގައި ހިނގާތަން ފެނުން ކަމަށާއި، އޭގެ ސަބަބުން ޓޫރިޒަމަށް ވަރަށްބޮޑު ފައިދާއެއް ކުރާނެކަމަށެވެ.

ފޯނު މެދުވެރިކޮށް ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމް ޔުޕީއައި ޕޭމެންޓް ހިދުމަތަކީީ 2016 ވަނަ އަހަރުންފެށިގެން އިންޑިއާގައި ބޭނުންކުރަމުންއަންނަ ހިދުމަތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *