logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަން 341 މިލިއަން ބަޖެޓްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރު ކުރަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 43 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރެވިގެން އެލަވަންސް ދިނުމަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސް މިއަހަރުގެ ފަހުކޮޅު ބޮޑުކުރައްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ނުކުޅެދޭ މީހުންނަށް އެލަވަންސްގެ ގޮތުގައި މިހާރު ދެނީ މަހަކު 2000 ރުފިޔާއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *