logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

"ރޯދައަށް ތައްޔާރުވުމަކީ ދަރުމައާއި ސަވާބު ހާސިލުވާނެ ގޮތަކަށް ކަންތައް ރޭވުން"

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ހަމައެކަނި ކަމަކީ ގޭތެރެ ރީތިކޮށް  އާ ފަރުނީޗަރުގައުމާއި ކާބޯތަކެތި އެއްކޮށް ޖަމާކުރުން ނޫން ކަމަށާއި އިސްކަން ދޭންވީ އެމަހުގެ ދަރުމަާއާއި ސަވާބު އެންމެ ފުރިހަމައަށް ހާސިލުކުރެވޭނެ ގޮތަކަށް ކަންތައްތައް ކަންތައްތައް ރޭވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށް، މިސްކިތްތަކަށް ފޮނުވާފައިވާ ގޮތަށް ކީ ޚުތުބާގައި ބުނީ ރޯދައަށް ތައްޔާރުވުގެ ގޮތުން ގޭތެރެ ރީތިކޮށް އާބާތުރަފިލުވުމާއި ފަރުނީޗަރު ގަތުމާއި ކާބޯތަކެތި ޖަމާކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެއީ އެ މަހަށް ތައްޔާރުވާން ކުރަންވީ ހަމަ އެކަނި ކަންތައް ނޫން ޚުތުބާގައި ހަނދާންކޮާށްދިނެވެ.

"…މިމަތިވެރި މައްސަރާ ބައްދަލުކުރާ އިރު މިއަށް ވުރެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ މަހުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރާވައިގެން އެ މައްސަރާ ބައްދަލުކުރުމަށެވެ. އެ ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ޓަކައެ އެވެ. ތިމާއާއި ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށް ވެސް މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ތިމާގެ ކަންކަން މި މައްސަރުގައި ބައްޓަންކުރަން ޖެހެ އެވެ،" ހުތުބާގައި ވެ އެވެ.

ރޯދައިގެ ދަރުމައާއި ސަވާބު އިތުރުކުރުމަށް ޓަކައި ކުރަންވީ ގިނަ ކަންތައްތައް މިއަދުގެ ހުތުބާގައި ތަފްސީލުކޮށްދީ ހަނދާންކޮށްދިނެވެ. ހާރުކެއުމާއި ހާރުކެއުން ވީހާ ވެސް ފަސްކުރުން އަދި ފަރުޟުނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައް ގިނައިން ކުރުމާއި ގުރުއާން ކިޔެވުން އޭގެ ތެރޭގައި ހިމެނެ އެެވެ. ގިނަގިނައިން ދުއާކުރުމާއި މައިންބަފައިންނަށާއި އަނބިދަރީންނަށް އެހީތެރިވުމާއި މައިންބަފައިންނަށް ކިޔަމަންތެރި ވުމަކީ ވެސް ރޯދައިގެ ދަރުމަ އިތުރުކުރުމަށް ޓަކައި ކުރަންވީ ކަންތައްތައް ކަމަށް ހުތުބާގައި ވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *