30 ޖެނުއަރީ 2025

ހަށިވިއްކި ވިއެންނާމް ހަތަރު އަންހެނަކާއި އޭޖެންޓް ހަައްޔަރުކޮށްފި

އަޙްމަދު ފައުޒާން
1 ދުވަސް ކުރިން

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދިޔަ ހަތަރު އަންހެނަކާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ފިރެހެނަކު އަތުލައިގެންފި އެވެ.

ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފަސް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވިއެޓްނާމަށް ނިސްބަތްވާ ހަތަރު އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެޖެންޓު އަދި މީގެ ތެރެއިން 3 އަންހެނުން ރާއްޖޭގައި އުޅެމުން ދިއައީ ވޯކް ވިސާގައި. މި މައްސަލަތައް އިތުރަށް ތަހްގީގު ކުރުމަށްފަހު، މީގެ ތެރެއިން 1 އަންހެނަކު ވަނީ ޑިޕޯޓުކުރެވިފައި،"

އިތުރަށް ބުނި ގޮތުގައި ބާކީ ތިބި ހަތަރު ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގަ އެވެ.

ހިނގަމުން މިދާ މަހުގެ 10 ވަނަ ދުވަހު ވެސް ވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު ޑީޕޯޓްކޮށްފަ އެވެ.

ހަށިވިއްކުމުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރެހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފަސް ވަނަ ދުވަހު އިމިގްރޭޝަނުން ބުނެފައިވެ އެވެ.

 

An error has occurred. This application may no longer respond until reloaded. Reload 🗙