އައްޑޫ ސިޓީ ހުޅުދޫ އިން އުމުރުން ދުވަސްވީ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުދޫގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިގެން އުމުރުން 62 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ މީހާގެ އަތުން މަސްތުވާތަކެތި އަޅާފައިހުރިކަމަށްބެލެވޭ ޕެކެޓްތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.