30 ޖެނުއަރީ 2025

ރާއްޖެއަށް މާލީ ގެއްލުންވާގޮތަށް ޗައިނާ އާއެކު ފްރީޓްރޭޓް އެއްބަސްވުމެއް ވެފައިވާތީ، ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް އިންޑިއާއިން ދޭންބުނި އެހީއާމެދު ދެވަނަ ވިސްނުމަކަށް

ވިޝާން އަޙްމަދު
1 ދުވަސް ކުރިން

ރާއްޖެއަށް މާލީ ގެއްލުންވާގޮތަށް ޗައިނާ އާއެކު ފްރީޓްރޭޓް އެއްބަސްވުމެއް ވެފައިވާތީ، ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް އިންޑިއާއިން ދޭންބުނި އެހީއާމެދު ދެވަނަ ވިސްނުމަކަށް ހިނގައިދާނެކަމަށް އިކޮނޮމިކް ޓައިމްސް އިން ބުނެފިއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ގެއްލޭނެ ކަމަށް ބެލެވޭ ކަމަށާއި، އޭގެ ސަބަބުން ރައީސް ޑރ. މުއިއްޒު އިސްވެ ހުންނަވާ ކުރިއަށްގެންދަވާ ޗައިނާ ފްރީޓްރޭޑް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ވިޔަފާރީގެ ވަރަށްބޮޑު އިމްބެލެންސެއް އުފެދުމުގެ ފުރުސަތު ބޮޑެވެ. އިކޮނޮމިކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސް ފީގެ ގޮތުގައި ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 30-40 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިދާނެ އެވެ. 

ރާއްޖޭގެ މާލީ ހަލަތު ރަނގަޅުކުރުމަށް މިދިޔަ މަހު އިންޑިއާއިން ވަނީ ރާއްޖެއަށް 760 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފައި ކަމަށާއި،  މީގެ އިތުރުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއިން ވަނީ ދަރަނީގެ ޒިންމާ އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފްރީ ލޯނެއްވެސް ދީފައެވެ.

މީގެ އިތުރުން ރާއްޖެއިން ދަނީ ތުރުކީއާ އެކު ވެސް އެފަދަ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންނެވެ. 

An error has occurred. This application may no longer respond until reloaded. Reload 🗙