5 ޑިސެމްބަރު 2025

ސުޕްރީމް ކޯޓުގެ ބެންޗާ ކުޅުމުގެ ސަގާފަތް ފެށީ ޔާމީނާއި އެމްޑީޕީން

އަޙްމަދު ފައުޒާން
9 މަސް ކުރިން

ފާއިތުވި ދެ ވެރިކަމުގައިވެސް ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެނައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕީޕީއެމް ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުންކޮށްގެން އޭރު ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ތިރި ކުރެއްވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ސްޕްރިމް ކޯޓުގެ ބެންޗަށް އެ ބަދަލު ގެންނެވީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި މަސްލަހަތު ބޮޑު ގޮތް ކަމުގައިވާތީއެވެ. 


ޑިސެމްބަރު، 2014 ގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހަމަޖެއްސުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެ 3cx Box އިން ދެ ބޭފުޅަކު އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރު ކަމުން ވަކިކުރަން ޖެހުނެވެ. ވަކިކުރާނެ ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީ އިން މަޖިލީހަށް ލަފާ ދިން އެއް ފަނޑިޔާރަކީ މުއުތަސިމް ވަކި ކުރުމަށެވެ. މަޖިލީހުން ވެސް ފާސްކުރީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ. 
އޭގެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް މަތިކުރިއެވެ. އެ ބަދަލުގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ ޑިސެމެބަރު 7، 2019 ވަނަ ދުވަހުއެވެ. 


އެ އަހަރުގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން 64 މެމްބަރުން ވޯޓު ދެއްވި އިރު، އޭނާއާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދެވެ.


މަޖިލީހުގައި ހިމެނޭ އަމިއްލަ މެމްބަރަކު ވަނީ މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލު ކުރުމ TechWaves Box ަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހައަޅުއްވާފައެވެ. އުނިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލީހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.


މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން މި ފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.


މަޖިލީހަށް ބިލް ހުށައެޅުއްވި މެމްބަރަކު ވިދާޅުވި ގޮތުގައި އެއީ މިވަގުތަކަށް ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވާތީއެވެ. 
މި ބިލަށް ސަރުކާރު ހިންގާ ޕީއެންސީން ތާއީދުކޮށް، ބިލް ފާސްކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. 
ޕީއެންސީން މި ބިލަށް ތާއީދު ކުރި ކަމުގައިވިއަސް އެއީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫނެވެ. ސުޕްރިމް ކޯޓުން ގައުމުގެ އެންމެ މަތީ މަސްލަހަތު ނުހިފަހައްޓަފާނެ ކަމަށް ބެލެވޭ ކޮންމެ ފަހަރަކު، ކޮންމެ ވެރިކަމަކުން ވެސް ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދާ ވަނީ ކުޅެފައެވެ. 
ސުވާލަކީ ރާއްޖޭގެ ސުޕްރީމް ކޯޓާމެދު ޔަގީންކަން ގާއިމް ނުވަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލު ވަރަށް ސާފެވެ. ގައުމީ ބޮޑެތި މައްސަލަތަކުގައި ސިޔާސީ ވިސްނުން އިސްކޮށް ނިންމުންތައް ނިންމާތީއެވެ. 


ސުޕްރިމް ކޯޓުން މިހާރު ބަލަމުންދާ ދުސްތޫރީ މައްސަލައަކީ ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މުތުލަގަށް ދީފައިވާ ބާރެއްގެ ބޭނުންކޮށް، ގާނޫނު އަސާސީއަށް ގެނައި އިސްލާހެއްގެ މައްސަލައެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއި އިސްލާހު ގެނައުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށްކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. 


ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު މަދުކުރުމާއި އެކޯޓުގެ ބެންޗުގެ މަތީގައިވާ ޢަމަލުގެ ސަބަބުން އިތުބާރުގެ މައްސަލައެއް އުފަންވުން ހިމެނެއެވެ. ސުޕްރީމް ކޯޓުން އަމިއްލައަށް އެކޯޓުގެ އިތުބާރު ގެއްލުވާލީއެވެ. ދެން އޮތީ އެކަމުގެ ކޮންސީކުއެންސެސްއާ ކުރިމަތިލެއްވުމެވެ. 

 

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙