5 ޑިސެމްބަރު 2025

ސަރުކާރުން ރަސްމީކޮށް ހާމަކުރާ މައުލޫމާތުވެސް ދޮގުކަމަށް ރައްޔިތުން ޤަބޫލުކުރަން ފަށައިފި!

މުޙައްމަދު ވިޝާން
4 މަސް ކުރިން

އެންމެ ފަހުން ސަރުކާރުން ހާމަކުރި އެއް މައުލޫމާތަކީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. އެއާއެކު ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތަކުން އެޚަބަރު ގެނެސްދިނެވެ.

ނަމަވެސް މިދެންނެވި ހަބަރުތައް ފެތުރިގެންދިއުމާއެކު ފެނިގެންދިޔައީ ސ 3cx Box ަރުކާރުން ހާމަކުރި އެމައުލޫމާތަކީ ކަނޑައެޅިގެން ދޮގުކަމަށް ރައްޔިތުން ބުނަމުންދިޔަ ތަނަވެ. އެގޮތުން މީސްމީޑިއާ ޕްލެޓް ފޯމް އެކްސް އާއި ފޭސްބުކުފަދަ ޕްލެޓްފޯމް ތަކުގައި އެމީހުންގެ ޝުޢޫރުތައް ހާމަކުރަންފެށިއެވެ.

އަދި އޮންލްއިން ނޫސްތަކުގެ ކޮމެންޓް ސެކްޝަން ތަކުގައި އެކަމާގުޅިގެން އެމީހަކަށް ފެންނަ ވާހަކައެއް ކޮމެންޓްގެ ގޮތުގައި ހިއްސާކުރަންފެށިއެވެ. އެގޮތުން މީސްމީޑީއާގައި ކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު އެއްވެސް ފަރާތަކުން އެމައުލޫމާތަކީ ސައްހަ މައުލޫމަތު ކަމަށް ޤަބޫލު ކުރިތަނެއް ނުފެނެއެވެ.

އެގޮތުން ކޮ TechWaves Box ށްފައިވާ ބައެއް ކޮމެޓް ތަކުގެ ތެރޭގައި:

މީ ކަނޑައެޅިގެން މުތުލަގަށް ބޮޑު ދޮގެއް.

މިމީހުން ކަނޑައެޅިގެން ބޮޑެތި ދޮގު ހަދަނީ ހެއްދެވި ފަރާތެއް ވާކަން ނޭންގެނީބާ. ރައީސް އޮފީހުގަ އެކަިނިވެސް 300 ތިބޭނެ. ޔޫތު އެސޯސިއޭޓްސް ކިޔާފަ ރާއްޖޭގެ ކޮންމެ ރަށެއްގަ މީހަކު ހުންނާނެ. އެވެސް 198 މީހުން. ކޮންމެ ސިއްހީމަރުކަޒެއްގަ މީހަކު، ހޮސްޕިޓެަލެއްގަ 2 ނޫނީ 3. ދެންހިސާބު ހަދާލާ.

1400 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބި ބައެއް މިނިސްޓްރީތަކުން އެއަދަދު އެއްކޮށް ސާފުކޮށް ނުދެނީހެވެ. ވީމާ، މިހާރު ތިޔަ ބުނާ 922 އަކީ ގަބޫލު ކުރެވޭނެ އަދެއްނޫން މިދިޔަ ދެތިން ހަތަރު މަސް ތެރޭގައި ހައެއްކަ ސަތޭކަ ސިޔާސީ މުވައްޒަފުން މަގާމުން ވަކި ކުރާނެ ކަމަށް ގަބޫލު ކުރެވޭނީ ކިހިނެތް ހެއްޔެވެ. އަދި ނުވީތާކަށް ތިޔަ އަދަދުގެ ތެރޭގައި ރައީސް އޮފީހުގައި ތިބި ގިނަ މީހުން ނުހިމެނެއެވެ. ހޮސްޕިޓާ، ސިއްހީމަރުކަޒު ޔޫޓް ސެންޓަރުގައި ތިބި ސިޔާސީ ވެރިން ކޮބާ

އަހަރެމެން ގަބޫލު ކުރަންވީތަ 922 މީހުނޭ ތިބީ ބުނީމަ؟ ކުރިން 1400 އަށް ވުރެ ގިނައިން ތިބެފަ؟ ހުރިހާ ސިޔާސީ މީހުންގެ މަގާމާ އެކު ހާމަ ނުކުރާ ނަމަ ގަބޫލު ކުރަން ދަތި.

ތީހަމަ ތެދެއްބާ؟ އެކަމަކު އަޅުގަނޑު މަސައްކަތް ކުރާ އޮފީހުގަވެސް ސިޔާސީ ބޭފުޅުންގެ އަދަދު އުޅެނީ 80 އިން މަތީގަ އަޅުގަނޑަކަށް ނޭގެ އެހެން ތަންތަނުގެ ހާލަތެއް. ނިމިދިޔަ ސަރުކާރުގަ އެންމެ ސިޔާސީ ބޭފުން ގިނަވި ދުވަސްވަރުވެސް މި އޮފީހުގަ ތިބީ 18 ބޭފުޅުން އެހެންވީމަ ތި ހިސާބު ޖެއްސެވީ ރަނގަޅައްތޯ ނޫނީ ކަނޑައެޅިގެން ދޮގެއް ހަދާލީތޯ.....

ސައްޙަ މައުލޫމާތު ކީއްވެގެންތޯ ހާމަކުރަން ޖެހިލުންވަނީ ، ދޮގާއި އޮޅުވާލުން މިއޮތީ ފެންނަން ، ރާއްޖޭގެ ރައްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލް ތަކަށްވެސް 250 ވަރަކަށް ސިޔާސީ މީހުން އެބަތިބި އައްޔަން ކޮއްފައި ، ބައެއް ރަށްރަށުގެ ސިއްޙީ މަރުކަޒާއި އަތޮޅުހޮސްޕިޓަލް ތަކުގައި ދެމީހުން 3 މީހުން ވެސް އެކިނަންނަމުގައި އެބަތިބި ، މިއީ ދައުރު ނިމޭ އިރު ނިމިގެންދާ ސިޔާސީ މަގާމްތަށް ، މީމީހުންކުރާހާވެސް ކަމަކީ ސިޔާސީ މަސައްކަތް . ޕާރޓީ ޕްރޮމޯޓްކޮށްދިނުން،

ސަރުކާރު ކޮންމެ އޮފީހެއްގައި އުޅޭ މީހެއް ޖަހާލަންވީނު އެމީހަކު އުޅޭ އޮފީހެއްގައި ތިބީ ކިތައް ސިޔާސީ މިހުންކަން، ޓެލީވޭތޯ ބަލާލަން؟
ނުވާނެ ޓެލީއެއް. މިނިސްޓްރީ ނުވަތަ އޮފީހުގެ ލިސްޓުގަ ނެތް އެތައް ބަޔަކު އެބަތިބި ގޭގަ މުސާރަ ނަގާލަ ނަގާލަ

ބައެއް އޮންލައިން ނޫސްތަކުގައި އެ ހަބަރު ގެނެސްދިނުމާއި ގުޅިގެން ސަރުކާރުން ހާމަކުރި މައުލޫމާތަކީ ދޮގުކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވޭކަން މި ކޮމެންޓް ތަކަށް ބަލާލުމުން އެބަ ހާމަވެއެވެ.

އަދި މީގެ އިތުރުން ސަރުކާރުން ބޮޑެތި ޙަރަދުކޮށްގެން ބާއްވާ ބޮޑެތި ރަސްމިއްޔާތު ތަކަކީ ވެސް ބޮޑެތި އޮޅުވާލުން ކަމަށް ރައްޔިތުން ވަނީ ގަބޫލުކުރަން ފަށާފައެވެ.

އެފަދަ ބައެއް ރަސްމިއްޔާތުތަކުގެ ތެރޭގައި މާލެއާއި ފުނަދުއާއި ހުޅުލެއާއި ފުލްމޫން ރިސޯޓް ހިންގާ ރަށް ބުރިޖަކުން ގުޅާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި، ހުވަދޫގެ ބައެއް ރަށްރަށުގައި ބްރިޖާއި އެއާޕޯޓް އެޅުމުގެ އެއްބަސްވުންތަކެއްތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުތަކަކާއި، ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް ގާއިމް ކުރުމަށް ސޮއިކުރުމަށް ބޭއްވި ބޮޑު ރައްމިއްޔާތުތައް ފަދަ އެތައް އެތައް ރަސްމިއްޔާތު ތަކެއް ހިމެނެއެވެ.

އެފަދަ ރަސްމިއްޔާތު ތައް ބާއްވައިގެން ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއަށް ހިޔާނަތްތެރިވާނީކަމަށް ރައްޔިތުން ވަނީ ގަބޫލުކުރަން ފަށާފައެވެ. އެހެންކަމުން ސަރުކާރުން ކުރާ އެއްވެސް ކަމަކަމަކަށްވެސް އަދި ހާމަކުރާ އެއްވެސް މައުލޫމާތަކަށްވެސް ރައްޔިތުން އިތުބާރުނުކުރާ ހިސާބަށް ދިޔައީމަ ދެން އެވަނީ ކިހިނެއް ތޯއެވެ.

ރައްޔިތުން ގެނައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ދޮގުހަދާކަމަށް ރައްޔިތުންނަށް ގަބޫލުކުރުމަކީ ވެރިކަން ކުރާ ފަރާތުން މިކަމުގައި ވަރަށްވެސް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. އެއީ ހަމައެކަނި މިއަދު އޮތް ސަރުކާރު ދަމަހައްޓާކަށް ކުރަންވީ ކަމެއްނޫނެވެ. ގައުމެއްގެ ސަރުކާރުން ނުވަތަ އިދާރާތަކުން ހާމަކުރާ މައުލޫމާތަކީ ދޮގުކަމަށް ރައްޔިތުން ގަބޫލުކުރާ ހާލަތަށް ދިއުމަކީ ވަރަށްވެސް ހިތާމަހުރި މިކަމުގެ ނޭދެވޭ އަސަރު ގައުމުގެ މުސްތަޤުބަލަށް ކުރާނެ ކަންކަމެވެ.   

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙