5 ޑިސެމްބަރު 2025

ރައީސުލްޖުމްހޫރިއްޔާއަށް ލަފަޔާއި އިރުޝާދު އެބަ ދެވޭހެއްޔެވެ؟

މުޙައްމަދު ވިޝާން
4 މަސް ކުރިން

ދިވެހި ރާއްޖޭގައި މިހާރު މި އޮތް ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އިރުޝާދުގެ ދަށުން ކުރަންޖެހޭ ކަންކަމާއި ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އިރުޝާދު ނުދެވޭނެ ކަންކަން ހުރެއެވެ.

ދިވެހި ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ފެހި ޤާނޫނުއަސާސީގެ ދަށުން ރ 3cx Box ައީސުލްޖުމްހޫރިއްޔާގެ ލަފައާއި އިރުޝާދު ދޭން އޮތީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް "ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މުވައްސަސާތަކަށް" އަންގައި  އެތަންތަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދެއްވުމެވެ.

3 ބާރު ވަކި ކުރެވިފައިވާ މި ނިޒާމުގެ ތެރޭގައި ހިމެނޭ އަނެއް 2 ބާރާއި ގުޅޭ އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އިރުޝާދު ދެއްވާކަށް ޤާނޫނު އަސާސީގައިވެސް އަދި އެއްވެސް ޤާނޫނަކުވެސް ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ދާދި ފަހުން މި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެނ TechWaves Box ިގެން ދިޔައީ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހީނގާ ކަންކަމުގައިވެސް ލަފައާއި އިރުޝާދު ދެއްވަމުންގެންދާ ތަނާއި، ޤާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ހިނގާ ކަންކަމުގައި ވެސް އެމަނިކުފާނުގެ ލަފައާއި އިރުޝާދު ދެއްވަމުން ގެންދާ ތަނެވެ.

އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އަވަސްކުރުމަށް އިރުޝާދެއްވިކަމަށް ރާއިސުލްޖުމްހޫރިހާ ހުދު އަމިއްލަ ފުޅަށް އެމަނިކުފާނުގެ ޕްރެސްގައި ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީ ތަމްސީލް ކުރާ ބައެއް މެމްބަރުން ވާހަކަދައްކަވަމުން އެބޭފުޅުން މަޖިލީހުގައި ކުރައްވާ މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އިރުޝާދުގެ ދަށުންކަމުގައި ބުނުންފަދަ ކަންކަން ހިމެނެއެވެ.

ނަމަވެސް ވެރިކަން ހިންގާ ފަރާތުން މެނޭޖު ނުކުރެވިގެން ރައްޔިތުންނަށާއި ގައުމަށް އެތައް ދުއްތުރާތަކާއި ގެއްލުންތައް ލިބުންދާ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އިރުޝާދު ދެއްވުމަށް އަވަސްވެގަންނަ ތަނެއް ނުފެނެއެވެ.

އެގޮތުން ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ސިއްހީ ފަރުވާއާއި ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ އަކަމުގެ ކަންބޮޑުވުންތައް އެތަކެއް ހާސް ރައްޔިތުންނެއް ކުރަމުންދާއިރު،  ރައްޔިތުންގެ ތަކެއްގެ ފުރާނައާއި ގުޅިފައިވާ މި ބޮޑު މައްސަލަ ހައްލުކުރުމަށް އަޅުއްވަންވީ ފިޔަވަޅު ތަކުގެ ލަފަޔާއި އިރުޝާދެއް އަދިވެސް ދެއްވާފައެއް ނުވެއެވެ.

ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ކުދި ވިޔަފާރިތައް ބަނގުރޫޓުވެ މި ގައުމުގެ އިގްތިސާދު ހަލާކުވެގެންދާއިރު މިކަން ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ދެކޮޅުޖެހޭ ސިޔާސަތެއް އެކުލަވާލައި ސަރުކާރުގެ މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދާ ލަފާ ދޭތަނެއް ފެނިގެން ނުދެއެވެ. އޭގެ އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ޑޮލަރުން އާމްދަނީ ލިބޭ ފިޔަފާރިވެރިންގެ މައްސަލައެވެ.

އަދި ހަމައެގޮތަށް ތަރައްގީގެ އެތަށް މަޝްރޫޢުއެއް ސްކޭމް ހިންގާ ފަރާތްތަކާއި ފްރޯޑް އިންގާ ޕޭޕަރ ކުންފުނިތަކާއެކު ސޮއިކުރެވިގެންދާއިރު މި ކަންކަން ހައްލުކުރުމަށް އެމަނިކުފާނުގެ ލަފައާއި އިރުޝާދު ދޭތަނެއް ނުފެނެއެވެ، މި ކަންކަމަކީ މި ޤައުމާ ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމަށްވާއިރު އަދި އާހިރު އެކަންކަމުގެ އަގު ދައްކަންޖެހޭނީ ހަމަ ދިވެހި ރައްޔިތުންނަށްވާއިރު އެކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ކުރުމަށް އިރުޝާދެއްވަމުންގެންދާތަނެއް ހަމަ ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙