މިނިވަންއިހަވަންދޫގައި ވަސީލަތްތައް ހަމަ 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ހެލްތު މިނިސްޓްރީން ޑްޕްލެކްސް ޕަރައިވެޓް ލިމިޓެޑާ ޙަވާލުކުރީ 16 ޖެނުއަރީ 2023 ގައެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 123 މިލިއަން ރުފިޔާ އަށް 18 މަސްދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
އެއާއެކު އެ ކުންފުންޏާ އެ އަހަރުގެ މެއި މަހު ހޮސްޕިޓަލް އިމާރާތްކުރުމަށް ބިން ޙަވާލުކުރުމާއެކު އީއައިއޭ ހަދައި ބިމުގައި ހުރި ރުއްގަސް ކެނޑުމުގެ މަސައްކަތް ފަށައި ބިން ސާފުކޮށް ޖުލައި މަހު ހޮސްޕިޓަލުގެ ގްރައުންޑް މަސައްކަތް ވަނީ ފަށާފައެވެ.
ނަމަވެސްއެ ކުންފުނިން ބުނީ 2023 ވަނަ އަހަރު ނޮވެމްބަރ 17 ގައި ވެރިކަން ބަދަލުވުމާ ހޮސްޕިޓަލުގެ މަސްއަކަތް މަޑުޖައްސާލަން ހެލްތު މިނިސްޓްރީން އެންގި ކަމަށާއި، އެއަށްފަހު އެ މިނިސްޓްރީން ހޮސްޕިޓަލުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރަމުންދާ ކަމަށާއި އެބަދަލުތައް ގެނެސް ކޮންޓްރެކްޓަރަށް އަންގާނެ ކަމަށް ބުނެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހޮސްޕިޓަލް އިމާރާތްކުރާ ބިން
އޭގެ އަހަރެއް ފަހުން 25 ޖެނުއަރީ 2025 ގައި ރައީސް ޑރ މުއިއްޒު އިހަވަންދޫއަށް ވަޑައިގެންވި ދަތުރުފުޅުގެ ތެރެއިން ކުއްލިއަކަށް އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް އާރުޑީސީ އާއި އެކު ރައްޔިތުން ކުރިމަތީ ސޮއި ކުރުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ކުއްލިއަކަށް އާރުޑީސީއާ މަސައްކަތް ހަވާލުކުރީ ކީއްވެ؟
އާރުޑީސީ އާއި އެމަސައްކަތް ހަވާލުކުރީ ކުރީ ސަރުކާރުން އެމަސައްކަތް ހަވާލުކުރި ކުންފުނިންގ އެ ކުރެހުމާ އެއްގޮތަށް އެ މަސައްކަތް ކޮސްފިނަމަ އެކަމުގެ ކުރެޑިޓް އެމްޑީޕީއަށް ލިބޭނެ ކަމަށް ބަލައި ޕީއެންސީގެ އެކްޓިވިސްޓުންގެ އެދުމަށް ކަމަށް އެރަށުން މައުލޫމާތު ދިންފާރާތުން ބުނެއެވެ. މިކަން ހިނގި ގޮތް ކަމަށް އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ ރައީސް އިހަވަންދޫ އަށް ވަޑައިގަތުމުގެ ކުރިން އިހަވަންދޫގައި ހޮސްޕިޓަލް އިމާރާތްކުރަން އާރުޑީސީ އާއި ޙަވާލުކުރުމަށް އިހަވަންދޫގެ ޕީއެންސީ އެކްޓިވިސްޓުން ދިޔައީ އެދެމުންނެވެ.
އެކަން އެހެންކުރަން އިހަވަންދޫގެ ޕީއެންސީ އެކްޓިވިސްޓުން އެދުނީ އިހަވަންދޫގައި އަޅަން ފަށާފައިވާ ހޮސްޕިޓަލް އެގޮތަށް ކުރިއަށްގެންގޮސް ނިންމާލައިފިނަމަ، އެކަމުގެ ކުރެޑިޓް އެމްޑީޕީ އަށް ލިބޭނެތީ އާއި، އާރުޑީސީގެ އެމްޑީއަކަށް އެރަށަށް ނިސްބަތްވާ މީހަކު ހުރުމުން ޕީއެންސީން ބޭނުންވާ ގިނަ ބަޔަކަށް ވަޒީފާ ހަމަޖައްސަންވެސް ފަސޭހަ ވާނެތީކަމަށް އެފަރާތުން ބުނެއެވެ.
އެހެންކަމުން އެދުވަހުގެ މެންދުރު ކުޅުދުއްފުޢްޓަށް ލޯންޗެއް ފޮނުވައިގެން ހޮސްޕިޓަލުގެ މަސައްކަތް އާރުޑީސީއާއި ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ބެނާ ޕްރިންޓްކޮސްގެން ގެނެސް ރައްޔިތުންގެ ކުރިމަތީގައި ހުސްގަނޑެއްގައި ހެލްތު މިނިސްޓަރާއި އާރުޑީސީގެ މެނޭޖިންޑިރެކްޓަރ ސޮއިކުރުމުގެ ނަމުގައި ކުޅުނީ ޑްރާމާއެއް ކަމަށްވެސް އެފަރާތުން ބުނެއެވެ.
އެއާއެކު އެދުވަހު މިނިވަންގެ ފަރާތުންވެސް ޑްޕްލެކްސް ކުންފުނީގެ ވެރިންގެ ފަރާތުން އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތު އެއްބަސްވުން ޓާމިނޭޓް ކުރީތޯ ބެލުމަށް ކުރި މަސައްކަތުން އެނގުނީ އެއްބަސްވުން ބާތިލް ނުކުރާ ކަމަށާއި އޭގެ 2 ހަފްތާ ކުރިންވެސް ހެލްތު މިނިސްޓްރީން ޑިޒައިނަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ބުނެފައިވާކަމަށް ބުނެފައި ވެއެވެ.
އިހަވަންދޫ ޕީއެންސީ އެކްޓިވިސްޓުން ބޭނުންވީ ކުރީ ސަރުކާރުގެ ޑިޒައިން ނޫން ޑިޒައިނަކަށް ހޮސްޕިޓަލް އެޅުމަށް މިނިވަން އަށް މައުލޫމާތު ދިން ފަރާތުން ބުނީ އާރުޑީސީއާއެކު ހެލްތު މިނިސްޓްރީން ހުސގަނޑުގައި ސޮއިކުރި އިރު ޑިޒައިނެއް ކުރެހުމެއް އަގެއް ނެތް ކަމަށާއި، އެއަށްފަހު އެކްޓިވިސްޓުންނާ ވެރިންނާ ދެމެދު ބޭއްވި މަޝްވަރާތަކުން އެކްޓިވިސްޓުން ބޭނުންވާ ގޮތަށް އެހެން ކުރުމަކަށް ހޮސްޕިޓަލް ބަދަލުކުރާނެ ކަމަށް ހެލްތު މިނިސްޓީން ބުނިކަމަށެވެ.
އެއަށްފަހު އާރުޑީސީން އެ މަސައްކަތްށް އިތުރު މުވައްޒަފުން ނަގައި މަސައްކަތު ސައިޓް ގައި ޖަހާ ކުރެހުން ލިބުނު އިރު ހެލްތު މިނިސްޓްރީން އިހަވަންދޫ އަށް ފޮނުވާފައިވަނީ ކުރީ ސަރުކާރުން ހދ މަކުނޫދުގައި އިމާރާތް ކުރަން ފަށާފައިވާ ހެލްތު ސެންޓަރ ކަން އެނގިގެން ދިޔަ އެވެ.
އެހާހިސާބުން ޕީއެންސީ އަށް ނިސްބަތްވާ ރށުގެ ކައުންސިލަރުންނާ، އެކްޓިވިސްޓުންގެ ޝަކުވާ ބޮޑުވެ އެކުރެހުމަށް އެއް ފްލޯރ އިތުރުކޮށް ހޮސްޕިޓަލެއްގެ ސިފަ ގެނެސްދޭނެކަމަށް ހެލްތު މިނިސްޓްރީން ބުނި ކަމަށް އެފަރާތުން ބުނެއެވެ. ނަމަވެސް އެ ކުރެހުމަކީ އިންޖިނީރިންގ އެޕްރޫވް ކުރެހުމެއް ކަމަށްވުމުން އެކަން ކުރަން ފަސޭހަ ނުވުމުން ވާންވީ ގޮތެއް މިހާރު ވަނީ އެއްވެސް ފަރާތަކަށް ނޭނގިފައިކަމަށްވެސް އެފަރާތުން ބުނެއެވެ.
ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންގެ ޝަކުވާ:
އިހަވަންދޫގައި ހޮސްޕިޓަލުގެ ނަމުގައި ހެލްތުސެންޓަރެއް އިމާރާތްކުރަން އުޅޭތީ ޕީއެންސީއަށް ނިސްބަތްވާ ކައުނސިލަރަކު އޭނާގެ ފޭސްބުކުގައިވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ޕީއެންސީއަށް ނިސްބަތްވާ އެރަށުގެ ކައުންސިލަރު ޒާހިރު ފޭސްބުކުގައި ކޮސްފައިވާ ޕޯސްޓްގައި ބުނެފައިވަނީ
"ރަށުގެ އެކި ފަރާތް ތަކުން ރަށުގައި އަޅަން ފަށާފައިވާ ހަސްފަތާލާ ގުޅޭ ގޮތުން އަހާތީ ބުނެލަމެވެ، ރަށުގައި އަޅަންފެށި ހަސްފަތާލުގެ ކުރެހުން ކައުންސިލަށް ލިބުމާއެކު (ކުރީސަރުކާރުން ހދ މަކުނުދޫއަށް ހެލްތުސެންޓަރެއް އަޅަން ކުރަހާފައިވާ ކުރެހުން) ކުރެހުމާ މެދު ރަށުގެ ސިއްހީ ދާއިރާގެ އިސްފަރާތްތަކާއި. އެކު މަޝްވަރާ ކޮށް ކުރެހުމަށް ބައެއް ބަދަލުތަކާއި ބައެއް ތަންތަން އިތުރު ކޮށްދިނުމަށް ހެލްތުމިނިސްޓީއާއި ދާއިރާގެ މެންބަރު ނަސީރު ގެސަމާލުކަމަށް ގެނެވި އެދެވި ފައިވާނެއެވެ!؟
އެއަށްފަހު ކައުންސިލަރު ޒާހިރު ބުނެފައިވަނީ ކުރީ ސަރުކާރުން އިހަވަންދޫގައި އިމާރާތްކުރަންފަށާފައިވާ ހޮސްޕިޓަލުގެ ކުރެހުމާ އެއްގޮތަށް އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އާރުޑީއާ އެކު ހެލްތު މިނިސްޓްރީން މަޝްވަރާކުރަމުންދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.
ވެރިކަން ބަދަލުވީއިރު އޭރުގެ ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތް ފޮރުވުން:
ވެރިކަން ބަދަލުވީއިރު އޭރުގެ ކޮންޓްރެކްޓަރ ޑްޕްލެކްސް އިން ވަނީ 25 އަކަފޫޓުގެ ސަރަހައްދު ކޮނެ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމަށް ލީން އަޅައި ތައްގަނޑުތައް ހަދައި ފައުންޑޭޝަން ދަނގަނޑު ބަންނަން ފަށާފައެވެ. ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު މަސައްކަތް ހުއްޓާލަން އެ ކުންފުޏަށް އެންގުމަށްފަހު ގިނަދުވަސް ވުމުން އިހަވަންދޫއަށް އެ ކުންފުނިން ގެންގޮސްފައިވާ މެޓީރިއަލްސްތައް ވަނީ ނުއަގުގައި ވިއްކާފައެވެ.