އަޙްމަދު ފައުޒާންއިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑު ތަރައްގީކޮށް، ޝަރުއީ އުސޫލުތަކާ އެއްގޮތަށް މިފަހުން ގާއިމުކުރި ކޭޝް ވަގުފު ފަންޑަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ފަސޭހަކަމާ އެކު މިހާރު ފައިސާ ޖަމާކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކޭޝް ވަގުފު
ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ފަންޑުން ހޭދަކުރުމުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ގެނެވުނު ބަދަލަކީ ފަންޑު އުފެދުނުތާ 15 އަަހަރު ފަހުން ގެނެވޭ އެންމެ ހެޔޮ ބަދަލުކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވެފައި ވަނީ ކޭޝް ވަގުފުން އިންވެސްޓްކޮށް، އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ އާއެކު އާންމުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ފަންޑަށް ސަދަގާތާއި ހައިރާތާއި ހިބައިގެ އިތުރުން ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާ
ވެސް ބަލައިގަންނާނެ ކަަމަށެވެ. އެބައި ފަންޑުގެ ތެރޭގައި ބަލަހައްޓާނީ ކޭޝް ވަގުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް ޝަހީމް ވިދާޅުވި އެވެ. ކޭޝް ވަގުފު ފަންޑު ފަށާނީ 15 މިލިއަން ރުފިޔާ އާ އެކުގައި ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު މިއަދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދެމި ހުރި ސޮދަގާތެއް ގާއިމުކުރުމަކީ އާހިރަތުގައި ނުހަނު މަތިވެރި ސަވާބު ހުރި ކަމެެއް ކަަމަށެވެ. މުދާ ވަގުފު ކުރުމަކީ ދެމިހުރި ސޮދަގާތުގެ ތެރޭގައި ހިމެނޭ ކަމެެއް ކަަމަށެ