އަޙްމަދު ފައުޒާންކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ދ. ވާނީގައި އަޅަން ނިންމާފައިވާ "ހޯޕް އައިލެންޑް" މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ހޯޕް އައިލެންޑުގެ ކުރެހުންވެސް ނިންމާލައި،
ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މީގެ ކުރިން އޮތީ ބުނެފަ އެވެ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ހޯޕް އައިލެންޑު އުުތުރު ތިލަފަޅަށް ބަދަލުކުރަން ދާދި ފަހުން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ހޯޕް އައިލެންޑް އުުތުރު ތިލަފަޅުގައި އަޅަން ނިންމީ ވާނީ ގައި ހޯޕް އައިލެންޑް އަޅާނަމަ ކުރަން ޖެހޭ ހަރަދުތައް ބޮޑުވާނެތީ އެވެ.
ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގ
ެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި އުތުރު ތިލަފަޅުގައި 4 ޕްރޮޖެކްޓެއް ހިންގަން ރާވާފައިވާއިރު އެ ޕްރޮޖެކްޓުތަކަށް މަދުވެގެން 55 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެ އެވެ.
އެ 4 ޕްރޮޖެކްޓާއި އެ ޕްރޮޖެކްޓުތަކަަށް މަދުވެގެން ހަރަދުކުރަން ޖެހޭ އަދަދު:
ސަރުކާރުން ބުނެފައިވާ ގޮތުން ހޯޕް އައިލެންޑު ގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ.
އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތަށް ވެއްދުން އަދި ވަކި މުއްދަތަކަށް ފަހު އެކުދިން ބޭނުންވާ ދާއިރާ އަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.