22 ޖޫން 2026

އަންނަ އަހަރު ކުރިން ހަކަތަ އުފައްދަން ފަށަނީ

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

ކ. ތިލަފުށީގައި ގާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މި މަޢުލޫމާތު ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް 3cx Box އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު މަޝްރޫޢުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ލަސް ދުވެއްޔެއްގައި ނަމަވެސް، މިހާރު މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށެވެ.

މި ނިޒާމަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ ޤާބިލުކަން ލިބިފައިވާ ނިޒާމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"މި ނިޒާމުން 13 މެގަވޮޓްގެ ކަރަންޓު އުފ TechWaves Box ެއްދޭނެ. އޭގެ ތެރެއިން 10 މެގަވޮޓް މާލޭ ސަރަހައްދުގެ ގްރިޑަށް އިތުރުކުރެވޭނެ. އަދި ބާކީ 3 މެގަވޮޓް ބޭނުންކުރާނީ ތިލަފުށީގައި،" 

މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމްގެ އެހީގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން، ތިލަފުށީގެ މިހާރުގެ ކުނި ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ކުރިއަށްދާކަންވެސް ފާހަގަކުރެވެ އެވެ.

މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙