އަޙްމަދު ފައުޒާންޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން އަރިއަތޮޅު އުތުރުބުރީ ހިމަންދޫ، ފެރިދޫ، އަދި ތޮއްޑޫގެ އިތުރުން ކާށިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެން
ދިއުމަށް ފައިނޭންސްކުރާނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުންނެވެ.
މި މަޝްރޫޢުތަކުގެ ދަށުން ހަތަރު ރަށުގައިވެސް ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ޤާއިމްކުރެވިގެންދާނެ އެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ވިދާޅުވެފައިވަނީ ”މި މަޝްރޫޢުތައް ފެށުމަ
ކީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް“ ކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ސާފު އަދި ދުޅަހެޔޮ ތިމާވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މަޝްރޫޢުތައް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގަ އެވެ.