22 ޖޫން 2026

އުފާވެރިކަމުގެ އިންޑެކްސްގައި ބަލާނެ އަށް ދާއިރާއަކަށް ޚިޔާލު ހޯދަނީ

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު ނުވަތަ ރާއްޖޭގެ ހެޕިނެސް އިންޑެކްސް ހިސާބުކުރުމުގައި ބަލާނެ 8 ދާއިރާއަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެ TechWaves Box ންދަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ހަވާލުކޮށްގެންނެވެ.

ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ ދިމާކޮށް، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ މި މަޝްރޫއުގެ ތަފްސީލުތައް ހާމަކުރައްވާފަ އެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހިންގެ އުފާވެރިކަން ހިސާބުކުރުމުގައި ބަލާނެ 8 މައިގަނޑު ދާއިރާ ވަނީ ފާހަގަކުރައްވާފަ އެވެ.

އިންޑެކްސްގައި ބަލާނެ ދާއިރާތައް

މި އިންޑެކްސްގައި ބަލާނެ ދާއިރާތަކުގެ ތެރޭގައި އިސްލާމްދީނާ އެއްގޮތަށް އަ 3cx Box މަލުކުރުން، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުން، އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން، އަދި ސިއްހަތާއި ދުޅަހެޔޮކަން ހިމެނެ އެވެ. މީގެއިތުރުން، ޓެކްނޮލޮޖީ އާއި މީޑިއާ ބޭނުންކުރުން، ސަގާފަތާއި އާދަކާދަ ދިރުވުން، އަމާންކަމާއި ރައްކާތެރިކަން، އަދި މުޖުތަމައުގެ ބަދަހި ގުޅުން ވެސް ހިމެނެ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވޭ އުފާވެރިކަމުގެ އިންޑެކްސް އެވެ. މި އިންޑެކްސްގެ ސަބަބުން ދިވެހި މުޖުތަމައުގެ އުފާވެރިކަމުގެ މިންގަނޑު ވަޒަންކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މި އިންޑެކްސްގެ ނަތީޖާތަކަށް ބިނާކޮށް، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެ އެވެ.

Comments

hunan

1 އަހަރު ކުރިން These indices are already established. So why duplicate.
An error has occurred. This application may no longer respond until reloaded. Reload 🗙