އަޙްމަދު ފައުޒާންސަރުކާރުން މި އަހަރު ކުރިއަށްގެންދާނެ މުހިންމު މަޝްރޫއުތައް ކަނޑައަޅުއްވައި، އެކަމާ ގުޅޭ ޤަރާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާޙުކުރައްވައިފި އެވެ.
ރައީސް މުޢިއްޒު މިއަދު ޢާންމު ކުރެއްވި ޤަރާރުގައިވާ ގޮތުން، މި އިސްލާޙު ގެންނަވާފައިވަނީ
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ބަދަލުކުރުމަށެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ޤައުމުގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އިތުރު މަޝްރޫޢުތަކެއް ހިންގުމަށްވެސް ވަނީ ނިންމާފަ އެވެ.
ނިިމުނު އަހަރު ސަރުކާރުން އެކަށައެޅި ލިސ
ްޓުގައި ހިމެނިފައިވަނީ 13 މަޝްރޫއެކެވެ. ނަމަވެސް މި އަހަރަށް ސަރުކާރުން އެކަށައެޅި ލިސްޓުގައި ވަނީ 25 މަޝްރޫއެއް ހިމަނާފަ އެވެ.