މުޙައްމަދު ވިޝާންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ ޑިޕާޗާ ޓާމިނަލުން ޑަސްބިނުގައި ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލާގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ސާޖަނ
ްޓް ޔޫސުފް ނަޒީރު، 38 މިހާރުވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވަނީ ސަސްޕެންޝަނުގެ މުއްދަތުގައި މުސާރަ ނުލިބޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ސިނގިރެޓް ބޭރު ކުރަން އުޅުނު މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ޝަރުތުތަކާއެކު އެ 2 މީހުން ދޫކޮށްލާފައެވެ.