މުޙައްމަދު ވިޝާންއިސްލާމް ދީނަށް ނަސްރު ދިނުމަށްވުރެ މަތިވެރި ސިޔާސަތެއް މި ސަރުކާރުގެ ނޯންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވ
ިދާޅުވީ މިސަރުކާރުގެ އެންމެ ފަޚުރުވެރި އެންމެ މަތިވެރި ޒިންމާއެއް ގޮތުގައި ދެކެނީ، އަދި އަމަލީގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގެ މައްޗަށް ކަމަށާއި އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެ ކަމަށެވެ.
މިސަރުކާރުގެ އެންމެ ފަޚުރުވެރި އެންމެ މަތިވެރި ޒިންމާއެއް ގޮތުގައި އަޅުގަނޑު ދެކެނީ، އަދި އަމަލީގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެ،" ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލ
ްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، ކީރިތި ޤުރްއާނަކީ ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ހެދުމަށްވެސް ގޮވާލައްވާފައެވެ.
އަދި ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ގޮވާލަށްވައި، އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، ރައީސް ގެ ވާހަކަފުޅުގައި ވަނީ ގޮވާލަށްވާފައެވެ.