9 ޖުލައި 2026

އިތުރު އަށް ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ހަވާލުކޮށްފި

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު 75 ރަށެއްގައި ފުލުހުންގެ މަރުކަޒ 3cx Box ުތައް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީ އާ ހަވާލުކުރީ 15 ރަށުގައި މަރުކަޒުތައް އެޅުމަށެވެ. އާރުޑީސީން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އަޅާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން މިއަދު އިސްކަންދަރު ކޮށީގައި ބޭއް TechWaves Box ވި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ އެމްޓީސީސީން އިތުރު ހަ ރަށުގައި އަދި ފެނަކައިގެ ފަރާތުން އިތުުރު އެއް ރަށާ އަދި އާރުޑީސީން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށެވެ.

ފުލުހުން ބުނީ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާ އެކު، މި މަޝްރޫއުގެ ދަށުން އެމްޓީސީސީންނާއި އާރުޑީސީން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާ އެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވިގެންދާނެ ކަމަށެވެ.

މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި އެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި އަތޮޅު ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީ ކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާ އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީ ކުރުން ހިމެނޭކަން ވެސް ފާހަގަކުރި އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙