މުޙައްމަދު ވިޝާންތުރުކީގައި ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ފޮރިންގ މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފި އެވެ.
ތުރުކީގެ އަންތާލިޔާ ގައި މިމަހުގެ 11 އިން 13 އަށް ކުރިއަށްދާ މި ފޯރަމް އާއި ޖ
ަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ފޮރިން މިނިސްޓަރު ޑރ.އަބްދުالله ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރުގެ އިތުރުން ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ.އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ މި ސަރަޙައްދުގެ ޖިއޮޕޮލިޓިކްސް އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކ
ުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޑިކްސްކަޝަން ތަކުގައި މިނިސްޓަރ ހަލީލް ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖޭގެ އޮތް ސަރަޙައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ، މި ސަރަޙައްދުގެ ފުޅާ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަން މިނިސްޓަރ ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.