5 ޑިސެމްބަރު 2025

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

މުޙައްމަދު ވިޝާން
4 މަސް ކުރިން

ރައްޔިތުން އައު ސަރުކާރެއް ގެންނަނީ ވަރަށް ބޮޑެތި އުންމީދުތަކަކާއި އިތުބާރެއް އެސަރުކާރަކަށް ކޮށްފައެވެ.

ރައްޔިތުމާމީހާ ބޭނުންވަނީ އެނާއަށާއި ރަށާއި ގައުމަށް އިހުނަށްވުރެ ކުރިއުރުން ލިބި ދިރިއު 3cx Box ޅުމުގެ ކަންކަން އިހުނަށްވުރެ ފަސޭހަ ވުމެވެ. އިޖުތިމާއީ ގޮތުން އިގްތިސާދީގޮތުން ދިރިއުޅުމުގެ ކަންކަން ކުރިއެރުމެވެ. ތިމާ ދިރިއުޅޭ ރަށަކީ އަސާސީ ޙިދުމަތްތަކުގެ އިތުރުން ފެންވަރު ރަނގަޅު ސިއްޚީ ޙިދުމަތާއި ފެންވަރު ރަނގަޅު ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުމެވެ.

ޒަމާނުންސުރެ ރާއްޖެ ބައްޓަންވެފައި އޮތް މަރުކަޒީ ތަރައްގީގެ ސިޔާސަތު ބަދަލުކޮށް ލާމަރުކަޒީކޮށް ތަރައްގީވެފައިވާ ގައުމަކަށް ވުމެވެ.
ކޮންމެ ކަމެއް ކުރުމަށް ބޮޑު ޚަރަދުކޮސްގެން މާލެ ދާންނުޖެހޭ ދުވަހެއް ލިބި އަނބިދަރިންނާއެކު ދިރިއުޅެ އާމްދަނީ ހޯދޭނެ ގޮތްތަކެއް ތިމާ ދިރިއުޅޭ ރަށުން ފަހިވެގެން ދިއުމެވެ.

ނަމަވެސް ސަރކާރުން ރައްޔިތުންނަށް މިދެންނެވި ޚިދުމަތް ތައް ގާއިމްކޮށް ފޯރިކޮށްދިނުމަށްޓަކައި، އުފައްދާ TechWaves Box ފައިވާ މިނިސްޓަރީތަކުން ބޮޑެތި ޙަރަދު ކޮށްގެން ރަތްޔިތުން ހެޕީ ތޯ ބަލައި ހަނދާން އެކުރުމަށް އެތައް މިލިއަނަކުން ޚަރަދުކުރަނީ ސަރުކާރުން ކުރަން ހުރި މުހިއްމު ކަންކަން ކޮށްދެވުނީ ތޯއެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދެވުނީ ތޯއެވެ. ނޫނެކެވެ. ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

މުޅި ރާއްޖޭގައި ހިނަގމުންދިޔަ ސާފު ބޯފެނާއި ނަރުދަމާގެ ޙިދުމަތް ގާއިމްކިށްދިނުމަށް ކުރިއަށްގެންދިޔަ ހުރިހާ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ތަނެވެ.
ރަށްރަށުގައި އަޅަންފަށާފައިހުރި ސުކޫލު އިމާރާތްތަކާއި ސިއްހީ މަރުކަޒުތައް ހުއްޓިފައި ހުރި ތަނެވެ. އެކަންކަން ހުއްޓާލުމަށްފަހު ރައްޔިތުން ހެޕީތޯ ބަލަން އެހާބޮޑު ހޭދައެއް މި ކުރަނީ ކޮންކަމެއް ސަރުކާރުން ކޮށްދީފަތޯއެވެ.

އުމުރުން ދުވަސްވީ މީހުންގެ ހަނދާން އެއްކުރުމުގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ތަމްރީނުކޮށް ބޮޑު ޚަރަދެއް މިކުރަނީ މިނިސްޓަރީން މިކުރަނީ ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކަމަށް ސަގާފީ މިނިސްޓަރ އެބަ ވިދާޅުވެއެވެ.

އެކަމަކީ ޕާޓީ ނިޒާމުގެ ތެރެއިން ވެރިކަމަށް ކުރިމަތިލާއިރު މެނިފެސްޓޯ އެކުލަވާލުމުގެ ކުރިން ޕާޓީ ލެވެލްގައި ކުރަންޖެހޭ ދިރާސާ ނޫންތޯއެވެ.
ސަރުކާރުން ކަންކަން ކުރާތަން މިފެންނަނީ މުޅިން ދިމާ އިދިކޮޅަށެވެ. ވެރިކަމަށް އައިސް އެއްވެސް ކަމެއް ނުކޮށްދީ ހެޕީތޯ ބަލާއިރު ވެރިކަން ބަދަލުކުރީ ހެޕީ ނޫންވީމަތާއެވެ. އެހެންވީއިރު ދެން ހެޕީތޯ ބަލަންވާނީ ހެޕީ ކޮށްދިނުމަށް ކަންތައްތަކެއް ކޮށްދީފަތާއެވެ.

އެކި ނަން ނަމުގައި ދައުލަތުގެ ފައިސާ ހޭދަކުރާއިރު ފުރަތަމަ އެފައިސާ ރައްޔިތުން ހެޕީ ކޮށްދިނުމަށް ބޭނުންކުރުން މާ ރަނގަޅު ނޫންތޯއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙