5 ޑިސެމްބަރު 2025

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

މިނިވަން
4 މަސް ކުރިން

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލެ ސަރަހައްދުގައި ސަރުކާރުން އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ލިފްޓް މަދުވުމުން އުފުލަންޖެހޭ ބުރައާއި އާބަން އޭރިއާއަކުން ލިބެން ހުންނަންޖެހޭ ޙިދުމަތްތައް ހިޔާ ސަރަހައްދުން ލިބެން ނެތުމުން އުފުލަންޖެހޭ ބުރަ މިހާރު އެތައް ހާސް މީހުންނެއް އެދަނީ އުފުލަމުންނެވެ.

ހިޔާ ޓަވަރު ތައް 2 ރޫމުގެ ކުދިކުދި އެޕާޓްމަންޓް ހުންނަ ޓަ 3cx Box ވަރު ތަކަކަށް ހަދައި އެކަށީގެންވާވަރަށް ލިފްޓް ނުހިމެނުމާއި ގްރައުންޑް ފްލޯރ އަކީވެސް އެޕާޓްމަންޓް ތަކަކަށް ހެދީ ކިހިނެއް ކޮން ވިސްނުމެއްގައި ތޯއެވެ. އަދަދު ގިނަ ކުރަން ތޯއެވެ.

ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭ ކޮންމެ ކަމަކީވެސް އިހުލާސްތެރިކަމާއެކީ ކޮށްދޭ ކަމަކަށް ވާންޖެހޭނެ އެވެ. ޒަރޫރަތަށް ބޭނުންވެފައިވާ މީއާ އަށް ފޯރުކޮށްދޭ އެއްޗެއް އެމީހާ ބަލައިގަންނާނީ ފުރިހަމަތޯ ބަލާފައެއް ނޫންނެވެ. އެމީހާ އަށް އެވަގުތު އެނޫން ގޮތެއް ނެތުމަކީ ސަރުކާރުން ކޮށްދޭ ކަންކަމުން އިހްލާސްތެރިކަން އެއްފަރާތްކޮށް ޒަރޫރަތަށް ބޭނުންވެފައިވާ މީހުންގެ ފަރާތުން ނާޖާއިޒް ފައިދާ ހޯދަންޖެހޭނެ ސަބަބެއްވެސް ނޫނެވެ.

ހިޔާގެ ޓަވަރު ތައް ފަރުމާކ TechWaves Box ުރުމުން ފެށިގެން ފެންނަން އޮތީ އެ މަޝްރޫޢު ހިންގުމުގައި އިހްލާސްތެރިކަން ނެތް ތަނެވެ.

ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަކަށް "އެކަށޭނަ" ބޯހިޔާވަހިކަމެއް ފޯރު ކޮށްދިނުމަށްވުރެ ފެންނަން އޮތީ މަޖުބޫރީ ހާލަތުގައި ތިބި ގިނަ ބަޔަކަށް ސަރުކަރުން ކަމެއް ކޮށްދިން ކަމުގެ ކްރެޑިޑް ނަގަން އުޅެފައިވާ ތަނެވެ.

އެގޮތުން ހިޔަގެ 16 ޓަވަރު އިމާރާތްކޮށްފައިވާއިރު މުޅިންވެސް ހުރީ 2 ރޫމުގެ އެޕާޓްމަންޓް ތަކެވެ. އަދި އެވެސް ރައްޖޭގައި މިހާތަނަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން އެންމެ ކުދި އެޕާޓްމަންޓް ތަކެވެ. އަދަދު އިތުރުކޮށްގެން ސަރުކަރުން ގިނަ ބަޔަކަށް ކަމެއް ކޮށްދިން ކަމުގެ ކްރެޑިޓް ނަގަން އުޅެފައިވާ ކަން އެހާ ހިސަބުންވެސް އެނގެއެވެ. އެގޮތުން ހިޔާގެ ޓަވަރު ތަކުގެ ގްރައުންޑް ފްލޯރ ގައިވެސް އެއްވެސް ކޮމާޝަލް ތަނެއް ފިހާރައެއް ހަދާނެ ޖާގައެއްވެސް ދޫނުކޮށް ފަރުމާކޮށްފައިވަނީ މުޅިންވެސް އެޕާޓްމަންޓެވެ.

ވިސްނާލަބަލާށެވެ. ފަހުން އައި ސަރުކާރުން ހިޔާ ޓަވަރު ތަކުގެ ގްރައުންޑް ފްލޯރގެ އެޕާޓްމަންޓް ތައް ކޮމާޝަލް ތަންތަނަށް ބަދަލު ނުކުރިނަމަ މިއަދު އެ ޓަވަރު ތަކުގައި ދިރިއުޅެމުންދަ މީހުން ދިރިއުޅެމުންދާނީ ކޮންފަދަ ދަތި ހާލެއްގައި ތޯއެވެ.

ހިޔާ ޓަވަރުތައް ފަރުމާކޮށަފއިވަނީ ޓަވަރެއްގައި 384 އެޕާޓްމަންޓާއި 480 އެޕާޓްމަންޓް ހުންނަ 2 ޑިޒައިނަކަށެވެ. އެޕާޓްމަންޓެއްގައި އެވްރެޖްކޮސ 6 މީހުން ދިރިއުޅޭނަމަ 384 ފުލެޓް ހުންނަ ޓަވަރެއްގައި 2304 މީހުން އަދި 480 އެޕާޓްމަންޓެއްގައި 2،880 މީހުން ދިރިއުޅޭނެ އެވެ.

ހަމަ ގައިމުވެސް މި ޓަވަރުތައް ޑިޒައިންކުރި ފަރާތްތަކަށް މިތަންތަނަށް ދިރިއުޅެން ވަންނާނެ މީހުންގެ އަދަދު އަންދާޒާ ކުރެވޭނެ އެވެ. އަދި އެ ހިސާބުތައްވެސް ޖަހާނެއެވެ. އަދި މިހާވަރުގެ އާބާދީއެއް ޓަވަރެއްގައި ދިރިއުޅޭއިރު އަރައި ފާބަން ބޭނުންވާނެ ލިފްޓްގެ އަދަދާއި ދެން އެ ޓަވަރަކުން ލިބެން ހުންނަން ޖެހޭނެ އެހެނިހެން ހިދުމަތްތަކަކީ ކޮބައިކަންވެސް އެފަރާތްތަކަށް އިނގިލައްވާނެއެވެ.

މި ކަމަށްބެލުމުން ފެންނަން އޮތީ އެންމެ ކަމެކެވެ. އޭރުގެ ވެރިން ހަމައެކަނި ވިސްނާފައި އޮތީ އަދަދު އިތުރުކުރަން ކަމަށެވެ. އެހެން އެއްވެސް ކަމަކަށް ނޫނެވެ. އެތަންތަން ގިނަ ބަޔަކަށް ދީގެން ގިނަ މީހުންގެ ތާޢިދު ހޯދުމަށެވެ. އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ތަކުލީފަފަކަށް އެފަރާތްތަކުން ވިސްނާފަ ނެތް ކަމަށެވެ.

ހަމަ ގައިމުވެސް ޤާބިލުކަން ހުންނާނެ އެވެ. އިނގެންވެސް އިނގޭނެއެވެ. އިހްލާސްތެރިކަން ނެތީއެވެ. 

ކުރިން ނުވިސްނުނު އެއްޗެއް މިއަދު ވިސްނުނީ ކީއްވެތޯ ސްވާލު އުފެދެއެވެ. އޭރުގެ ހައުސިންގ މިނިސްޓަރަށް އޭރު އެކަން ނޭނގި މިހާރު އެނގިގެން އެތައ މިލިއަނެއް ޙަރަދުކޮށް އިމާރާތްތަކުގެ ސްޓަރަކްޗާ އާއި ގުޅޭ ބޮޑެތި ބަދަލުތަކެއް މިހާރު އެގެންނަނީ އިހްލާސްތެރި ވީމަތޯ އޭވެސް ސްވާލު އުފެދެއެވެ.

އެހާ ޒިންމާދާރުކަން ކުޑަކޮށް އެ މަޝްރޫޢު ހިންގި ފަރާތތައް ޒިންމާދާރު ކުރުވަން ވާނެ ނޫންތޯއެވެ. އިމާރާތްތަކަށް އައު ލިފްޓް ހަރުކުރުމަށް ގެންނަ ބަދަލުތަކުން އެ ލިބޭ ގެއްލުމާއި އިތުރަށް ކުރަންޖެހުނު ބޮޑު ޚަރަދުގެ ޒިންމާ ނަގަންޖެހޭނެ ކޮންމެވެސް ބަޔަކު ތިބެންޖެހޭނެ ނޫންތޯއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙