މިނިވަންކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، އެސް.ޑީ
.އެފް.ސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
މީގެ އިތުރުން ސަރުކާރުން ބުނެފައިވަނީ އެގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓަރީން ކޮށްފައިވާ ދިރާއާއި މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
ސުވާލަކީ ބޭންކް އޮފް މޯލްޑިވެސް އިން އެސްޑީއެފްސީގެ ހިއްސާ ގ
ަންނަން ބޭނުންވީ ކީއްވެތޯއެވެ. ސަރުކާރުން މިގޮތަށް ނިންމާފަޓިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި ބިލިއަން ރުފިޔާ ސަރުކާރު ހިންގުމަށް ނަގަން ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.
ދައުލަތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ލޯނު ދޫކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ފައިނޭންސިންގ އިންސްޓްޓިއުޝަނަކަށް ކުއްލިގޮތަކަށް ދިވެހިންގެ ބޭންކުން އިންޓަރެސްޓް އުފެދުނީ ކީއްވެ ތޯއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޭން ބޭނުންވާނަމަ އެފަދަ ލޯނު ސްކީމެއް ތަޢާރަފް ނުކޮށް ބިލިއަނުން ރުފިޔާ ޙަރަދުކޮށްފައި އެސްޑީއެފްސީ ގެ ހިއްސާ ގަންނަން ބޭނުންވީ ކީއްވެ ތޯއެވެ.
ގިނަ ބަޔަކު މިހަރު ގަބޫލުކުރާ އެއްކަމަކީ ދައުލަތުން އުޅެނީ ފައިސާ ނެތިގެން ކަމެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ގެ މިހާރުގެ ބޯޑުގެ އިންޓަރެސްޓް ބޮޑަށް އޮތީ ރައްޔިތުންގެ ބޭންކުގެ މުސްތަގުބަލަށްވުރެ ބޮޑަށް ސަރުކާރުގެ އިންޓަރެސްޓް ހިމާޔަތްކުރުމަށް ކަމަށެވެ.
އެހެންކަމުން ސަރުކާރަށް އިންތިހާއަށް ފައިސާ ބޭނުންވެފައިވާ ދަނޑިވަޅެއްގައި ދިވެހިންގެ ބޭންކުން އެސްޑީއެފްސީގެ ހިއްސާ ގަންނަން އިންޓަރެސްޓް އުފެދުމަކީ ހަމަ އިއްތިފާގެއް ތޯއެވެ.
އެއްވެސް ފަރަތަކުން އަދި މިހާތަނަށް ބޭންކުން އެސްޑީއެފްސީގެ ހިއްސާ ގަންނަން އުޅެނީ ކިހާ ފައިސާ އަކަށް ކަމެއް ހާމަކޮށްފައިނުވާއިރު، މީސް މީޑިއާގެ ބައެއް ޕްލެޓްފޯމް ތަކުގައްޔާއި ކޮފީ މޭޒް ތަކުގައި ދެކެވޭ ސިޔާސީ ވާހަކަތަކުގެ ތެރޭގައި ބުނަމުންދަނީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން ކުރަން އުޅޭ ކަމަކީ ސަރުކާރަށް ބޭނުންވާ ފައިސާ ދިނުން ކަމަށެވެ. މުއާމަލާތުގެ އެނގޭ ފަރާތަކުން ބުނީ ބޭންކުން އުޅެނީ އެސްޑީއެފްސީގެ ޝެއާ ގަތުމަށް މަދުވެގެން 2.1 ބިލިއަން ސަރުކާރަށް ދިނުމަށް ކަމަށެވެ.