މުޙައްމަދު ވިޝާން"ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ހައުސިންގ މިނިސްޓަރީން ހުޅުމާލޭގައި އިމާރާތް ކޮސްފައިވާ 704 ފުލެޓާއި އަތޮޅު ތެރޭގައި އިމާރާތްކޮށްފައިވާ 1200 ފުލެޓް އިންޝުރެންސް ނުކޮށް ޓެނެންޓުން އަތުން އިންޝުރެންސް ފީ ނަގަމުންކަން ހާމަވެއްޖެއެވެ.
"ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ހައުސިންގ މިނިސްޓަރީން ހުޅުމާލޭގައި އިމާރާތ
ް ކޮސްފައިވާ 704 ފުލެޓާއި އަތޮޅުތެރޭގައި އިމާރާތްކޮސްފައިވާ 1200 ފުލެޓްގެ އިންޝުރެންސް ކޮންޓްރެކްޓް ހަމަވިފަހުން އަހަރެއް ވީއުރުވެސް އިންޝުއަރެންސް ކުންފުންޏަކާއެކު އައު އިންޝުއަރެންސް އެއްބަސްވުމެއް ނުހަދާކަން މިނިވަން އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަމަވެސް އެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 704 ފުލެޓާއި އަތޮޅުތެރޭގައި އިމާރާތްކޮށްފައިވާ 1200 ފުލެޓް ލިބިފައިވާ ފަރާތްތަކުން މަހުކުލި ދައްކާއިރު އެޗްޑީއެފްސީން ފައިސާ ބަލާގަންނަމުންދަނީ އަދިވެސް އިންޝުއަރެންސް ފައިސާ އާއިއެކުކަންވެސް މިނިވަން އަށް ވަނީ ކަށަވަރުވެފައެވެ.
ހައުސިންގ މިނިސްޓަރީގެ ބެލެނިވެރިކަމުގެ ދަށުގައި މާލެ ސަރަހައްދުގައި ހުރި ހަ
މައެކަނި ބޯހިޔާވަހިކަމުގެ ފުލެޓް ތަކަކީ ހުޅުމާލެ ފޭސް 1 ގައި އިމާރާތްކޮސްފައިވާ 704 ފުލެޓެވެ، ނުވަތަ އާއްމުން ބޭނުންކުރާ ނަމުންނަމަ ޕިންކް ފުލެޓް ތަކެވެ. އަދި މި ސްކީމުގެ ދަށުން އަތޮޅުތެރޭގައި 1200 ފުލެޓް އިމާރާތްކޮށްފައިވެއެވެ.
ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން އިމާރާތްކޮސްފައިވާ ފުލެޓް ތަކަކީ މެއިންޓެނަންސް ފީއާއި އިންޝުރެންސް ފީވެސް ފުލެޓް ތައް ލިބިފައިވާ ފަރާތްތަކުން ހައުސިންގ މިނިސްޓަރީއާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޓެނެނުންޓުން އެޗްޑީއެފްސީއަށް ދަށްކަން ޖެހޭ ގޮތަށް ދޫކޮށްފައިވާ ފުލެޓް ތަކެކެވެ.
އަދި މި ފުލެޓްތަކުގެ މެއިންޓެނެންސްއާއި އިންޝުރެންސް ކުރުމުގެ ކަންކަމަކީ އިއުލާނުކޮށްގެން އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދައިގެން ހައުސިންގ މިނިސްޓްރީއާއި އެފަރާތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ފުލެޓް ތައް ލިބިފައިވާ ފަރާތްތަކުގެ އަތުން ކުއްޔާއިއެކު ނަގާ ނަގާ އިންޝުއަރެންސް ފައިސާ އަކީ އިންޝުއަރެންސް ކުންފުންޏަށް ދިނުމަށް ނަގާ ފައިސާ އެކެވެ.
ނަމަވެސް 2024 ވަނަ އަހަރުގެ މެދުތެރޭގައި ވަނީ ހައުސިންގ މިނިސްޓަރީއާއި އިންޝުއަރެންސް ކުންފުންޏާ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ އިމާރާތްކޮށްފައިވާ ފުލެޓްތައް އިންޝުއަރެންސް ކުރުމަށް އިންޝުރެންސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތުވަނީ ހަމެވެފައެވެ.
އެއަށް ފަހު އަދި މިހާތަނަށްވެސް އެ ފުލެޓްތައް އިންޝުރެންސް ކުރުމަށް އެއްވެސް އިންޝުރެންސް ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައި ނުވާއިރުވެސް ފުލެޓް ތައް ލިބިފައިވާ ފަރާތްތަކުން ފުލެޓްގެ ކުލި ދައްކާއިރު އިންޝުރެންސް ފީވެސް ދަނީ ދައްކަމުންނެވެ.
ފުލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފުލެޓްގެ މަހު ކުލީގެ އިތުރުން މެއިންޓެނެސް ފައިދާގެ އަދަދާއި އިންޝުއަރެންސް ފައިސާގެ އަދަދު ކަނޑައަޅާފައިވާއިރު މިނިސްޓްރީން ފުލެޓްތައް އިންޝުއަރެންސް ނުކޮށް ފްލެޓް ތަކުގެ ވެރިންގެ އަތުން އިންޝުއަރެންސް ފައިސާ ނަގަމުންދިއުމަކީ ފުލެޓް ތަކުގެ ވެރިންނަށް ވެވޭ ހިޔާނާތަކަށްނޫނީ ނުވާނެއެވެ.