މިނިވަންމެޑަމް ސާޖިދާ މުޙައްމަދުގެ އެދުމާ އެއްގޮތަށް، މައާފަށް އެދުމަށް އެމްޑީޕީއާއި މަންދި އާއި ފައްޔާޒުގެ މައްޗަށް އަމުރުކުރެވެން ނެތްކަމަށާއި އެކަމަކީ ކޯޓަށް ކޮށްދެވޭނެ ކަމެއް ނޫންކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި މެޑަމް ސާޖިދާގެ ދަރިކަލެއްގެ އަބުރަށް އަރާގަނެފައިވާ ކަމަށް ބުނެ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާ
ޓީގެ އެކްޓިވިސްޓް މަންދީ ޒުބައިރުގެ މައްޗަށް އަބުރުގެ ދައުވާކޮށް އެ ފަރާތްތަކުން އާއްމުކޮށް މާފަށް އެދުމަށް އަމުރުކޮށްދިނުމަށް އެދި މެޑަމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދައުވާގެ ހުކުމުގައި ބުނެފައިވަނީ، އެކަކު އަނެކަކުގެ ކިބައިން މާފަށް އެދުމާއި، އެކަކު އަނެކަކަށް މާފު ކުރުމަކީ ބުނާ ބަހަކަށްވުރެ ބޮޑަށް އިންސާނީ އިހްސާސެއް ކަމަށްވީ ހިނދު، ގަދަކަމުން މަޖުބޫރުކޮސްގެން މާފަށް އެދުުވުމާއި، ގަދަކަމުން މަޖުބޫރުކޮށްގެން "މަޢާފް" ހޯދުމަކީ "މަޢާފް" ތަބީއަތާއި ހިލާފު ކަމެއް ކަމަށެވެ.
އަދިވެސް އިތުރަށް އެ ހުކުމުގައި ވަނީ، މިހާރު އަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑުގެ ދަށުން އެފަދަ ފަރުވާއެއް ނަގައި ދިނުމަކީ ކޯޓްތަކަށް ލިބިގެންވާ ބާރެއް ނޫންކަން އެނގެން އޮތުމުން އާއްމުކޮށް މަައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް އަންގައި އަމުރުކޮށްދިނުމަށް އެދިފައިވާ ފަރުވާއަކީ ޝަރީއަތުން ނަގައިދެވޭނެ ފަރުވާއެއް ނޫންކަމަށްވެސް އެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.