މިނިވަންމާލެ އާދެވިއްޖެ ކަމަށާއި، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވީ ރައީސް މުއިއްޒު ކަމަށް އިންޑިއަގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެގައުމުން ފުރައިގެން ސީދާ ރާއްޖެ އަށް ވަޑައިގެނ
ްނެވުމަށްފަހު އެއާޕޯޓުން އެމަނިކުފާނަށް ސަރުކާރުގެ ވެރިން މަރުހަބާދެންނެވި ފޮޓޯތައް ހިއްސާކުރައްވައި އެމަނިކުފަނުގެ އެކްސ އެކައުންޓުން ދިވެހި ބަހުން ކުރައްވާފައިވާ ޕީސްޓްގައި ވިދާޅުވެފައިވަނީ މާލެ އާދެވިއްޖެ ކަމަށާއި، އެމަނިކުފާނަށް މަރުހަބާދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވީ ރައީސް މުއިއްޒު ކަމަށެވެ.
އަދި އިތުރަށް އެޕޯސްޓްގައި ވިދާޅުވެފައިވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާއުސްމިންތަކަކަށް އުފުލިގެން ދާނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް
ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން.
މީގެ ކުރިންވެސް މޯދީ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ދަޢުވަތަކަށް، ޖުލައި މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނު ވަޑައިގެން ހުންނަވާނީ ދިވެހިރާއްޖޭގައި ކަށާއި، ރާއްޖޭގެ މިނިވަންދުވަހުގެ އިހްތިފާލުތަކުގައި ބައިވެރިވާން އެމަނިކުފާނަށް ފުރުސަތު ލިބުމަކީ ލިބިލެއްވި ވަރަށްބޮޑު ފަޚްރެއްކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.