6 އޯގަސްޓް 2026

ރާއްޖެއާއި އިންޑިއާއިން ބިނާކޮށްފައިވަނީ ކަނޑާލެވޭރަށްވުރެ ވަރުގަދަ ގުޅުމެއްކަން އެނގިވަޑައިގެންފި ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މިނިވަން
1 އަހަރު ކުރިން

ރާއްޖެއާއި އިންޑިއާއިން ބިނާކޮށްފައިވަނީ ކަނޑާލެވޭރަށްވުރެ ވަރުގަދަ ގުޅުމެއްކަން އެނގިވަޑައިގެންފި ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރުފުގައި ބޭއްވެވި ރިޝެޕްޝަންގައި ދެއަގުމުގެ ގުޅު TechWaves Box މާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ އަތައް ގަރުނެއް ކުރިން އުފެދި މޫލާފާއިވާ ގުޅުމެއް ކަމަށާއި، އެ ގުޅުމަކީ ހަމައެކަނި ހާރިޖީ ގުޅުމެއް ނޫން ކަމަށާއި، ރާއްޖެއާއި އިންޑިއާއިން ބިނާކޮށްފައިވަނީ ކަނޑާލެވޭރަށްވުރެ ވަރުގަދަ ގުޅުމެއްކަމަށް ކަމަށެވެ

އަދި ވިދާޅުވީ އަވަށްޓެރިންގެ ގޮތުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ކަނޑާލެވޭ ވަރަށްވުރެ މާ ވަރުގަދަ ގުޅުމެއް ކަމާއި، އެ ގުޅުމަކީ އެތައް ޒަމާނެއްވީ އެކުވެރި ކަމުގެ މައްޗަށް މީގެ އެތައް ގަރުނެއްކުރިން އެފެދެމުން ބަދަހިވަމުންއަިސްފައިވާ ގުޅުމެއް ކަމަށެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު އިންޑިއާ އަކީ ރާއްޖެއަށް މުހިންމު ގައުމެއް ނޫންކަމަށާއި، އިންޑިއަ އަ 3cx Box ކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށާއި، އަދި ރާއްޖެ ބޭނުންކޮށްގެން އިންޑިއާއިން ނާޖާއިޒް ފައިދާ ނަގަމުންދާކަމަށް ރައްޔިތުންނަށް ވިސްނައިދީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިންޑިއާ އާއިމެދު ނަފްރަތު އުފެއްދުމަށް ކެމްޕެއިންތެރޭގައްޔާއި އަދި ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް މަސައްކަތް ކުރައްވާފައިވެއެވެ.

އެގޮތުން ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ރާއްޖެ އަކީ ވަކި ގައުމެއްގެ ބެކްޔަޑްގައި އޮތް ގައުމެއް ކަމަށް ނުދެކުމަށާއި ގައުމު ކިތައްމެ ކުޑަޔަސް ބްލީ ނުކުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާއަށް ނިސްބަތްވާ މޭރުމުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

އެއަށް ފަހު ރައީސް މުއިއްޒު މިހެން މި ވިދާޅުވީ ރާއްޖެއާ އިންޑިއާއި ދެމެދު އޮތީ ކިހާވަރެއްގެ ގަތް ގުޅުމެއް ކަން ކުރިން އިނގިލައްވާފައި ނެތީމަ ކަމަށް ގިނަ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙