5 އޯގަސްޓް 2026

ޕްރޮފެސަރ އުގެއިލް މުއިއްޒު އަށް: ގައުމުދެކެ ހަގީގީ ލޯބިވާ މީހަކު، ސިޔާސީގޮތުން ކުރިހޯދަން ރައްޔިތުންނަށް ދޮގެއް ނުހަދާނެ

މިނިވަން
1 އަހަރު ކުރިން

ގައުމުދެކެ ހަގީގީ ލޯބިވާ މީހަކު، ސިޔާސީގޮތުން ކުރިހޯދަން ރައްޔިތުންނަށް ދޮގެއް ނުހަދާނެކަމަށް  ޕްރޮފެސްރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކުން ގެނެސްދީފައިވާ "ސިޔާސީ އޮއިވަރަކީ ގައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއ TechWaves Box ްޗެއް ނޫންކަމަށް ރައީސް ޑޮކްޓަރ ވިދާޅުވި ހަބަރު" ހިއްސާކުރައްވައި ޕްރޮފެޝަރ އުގެއިލްގެ އެކްސް އެކައުންޓުން ކުރެވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުދެކެ ހަގިގީ ލޯބިވާ އެއްވެސް މީހަކު ނުވަތަ ބަޔަކު ސިޔާސީގޮތުން ވިއަސް ނުވަތަ އެެހެން ގޮަތަކުން ވިއަސް ކުރި ހޯދުމަށް އާންމު ފަރުދުން ކުރިމަތީ ދޮގުހެދުމާއި އޮޅުވާލުން އިސްނުކުރާނެ ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ އެފަދައިން ސިޔާސީ ގޮތުން ކުރި ހޯދުމަށް ދޮގުހަދާ މީހުންނަކީ ގައުމަށްވުރެ ތިމާމެންގެ އަމިއްލަ އެދުން މުހިންމުކަމަށް ދެކޭ މީހުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙