މުޙައްމަދު ވިޝާންއެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއެކު، އަންނަ އަހަރު ކުރީކޮޅު ބާއްވާ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްކިުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިސްނެންގުމަކަށް ބޭއްވި ބަ
އްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ އިންތިޒަމު ކުރެވިގެން ހިންގޭ ކެމްޕޭނެއްކޮށް އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާއެކު އެ މަސައްކަތުގައި އެމަނިކުފަނު ބައިވެރިވެ ވަޑައިގެން ކެމްޕޭނުގައި ރަށް ރަށަށް ވަޑައިގަތުމަށްޓަކައި ޗުއްޓީއެއް ނަންގަވައި އެ މަނިކުފަނުގެ ފުރިހަމަ ވައިވެރިވުން އެ ކެމްޕޭނުގައި ދެއްވުމަށް ގަސްތުކުރައްވާކަންވެސް ރޭ އެމަނިކުފަނު ވަނީ ހާމަކުރައްވާފައެވެ.
ރައީސް ނަށީދު އިތުރަށް ވިދާޅުވީ ސިޔާ ޕާޓީތަކުގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި ޕާޓީ ނިޒާމުގެ ތެރޭގައި ކުރިއަށް ދާއިރު ޕާޓީގެ ވިސްނުމާ އަސާސްތައް ދަމަހައްޓައި އެންމެން އެކުގައި މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށް ވިދާޅުވެ އެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އަބަދުވެސް އެމްޑީޕީން
ސަމާލުކަން ދެއްވަންޖެހޭނެ ކަމަށާއި، ރައްޔިތުންގާތަށް ގޮސް ކައުންސިލް އިންތިހާބަށް ސިޓީ ފެންފވަރުގައްޔާއި އަތޮޅުފެންވަރުގައްޔާއި ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި މެނިފެސްޓޯތައް އެކުލަވާލައި، އިންތިޒާމުވެގެން ހިންގޭ ރަނގަޅު ކެމްޕޭނަކުން އެމްޑީޕީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ކަމިޔަބުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.