4 އޯގަސްޓް 2026

ރާއްޖޭގެ ރައީސް މުއިއްޒުގެ ދައުވަތަކަށް 25 ވަނަ ދުވަހު ވަޑައިގެން ހުންނަވާނީ ރާއްޖޭގައި: މޯދީ

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

 

ރާއްޖޭގެ ރައީސް ޑރ މުއިއްޒުގެ ދައު TechWaves Box ވަތަކަށް 25 ވަނަ ދުވަހު ހުންނަވާނީ ރާއްޖޭގައި ކަމަށް އިންޑިއަގެ ބޮޑުވަޒީރު ނަރިންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ ވިދަޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ދަޢުވަތަކަށް، ޖުލައި މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނު ވަޑައިގެން ހުންނަވާނީ ދިވެހިރާއްޖޭގައި ކަށާއި، ރާއްޖޭގެ މިނިވަންދުވަހުގެ އިހްތިފާލުތަކުގައި ބައިވެރިވާން އެމަނިކުފާނަށް ފުރުސަތު ލިބުމަކީ ލިބިލެއްވި ވަރަށްބޮޑު ފަޚްރެއްކަމަށެވެ.

ރައްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރިގެންދާއިރު އިންޑިއާއި ރައްޖެއާ ދެމެދު އ 3cx Box ުފެދިފައިވާ ސިޔާސީ ގުޅުމަށްވެސް މިއަހަރު 60 އަހަރު ފުރިގެންދާއިރު އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ބޭއްވޭ މަޝްވަރާތަކުން އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރާ ކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.

އިންޑިއާއި އިންޑިއާގެ ބޮޑުވަޒިރާ ގުޅޭގޮތުން މި ސަރުކާރަށް ނިސްބަތްވާ ފަރަތްތަކުން ދައްކާފައިވާ ވާހަކަ ތަކާއި ގެންގުޅުއްވި ސިޔަސަތު މިހާރު ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައިވާއިރު މޯދީގެ މި ދަތުރުގެ ސަބަބުން ރާއްޖޭގެ އާއި އިންޑިއައި ދެމެދު ކުރިން އުފެދިފައިވާ ނުތަނަވަސްކަން ވަރަށްބޮޑަށް ބަދަލުވެގެންދަނެ ކަމަށް ބެލެވެ އެވެ.

އަދި ރައީސް އޮފީހުންވެސް ވަނީ މޯދީގެ މި ދަތުރުފުޅުގެ ތެރެެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙