5 ޑިސެމްބަރު 2025

އާންމު ވިޔަފާރިތަކުގެ ތެރެއަށް ކައުންސިލްތަކުން ނުވަންނާށެވެ! އެސްއޯއީތަކަށް އެވިޔަފާރިތައް ދޫކޮށްލާށެވެ!

މުޙައްމަދު ވިޝާން
3 މަސް ކުރިން

ސަރކާރުގެ ބަހާ އަމަލާ ދިމާނުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކު ފެންނަނީ ހަމަ އެމަންޒަރެވެ. ކުޅެނީ ހަމަ އެއް ޑްރާމާއެކެވެ.

ގިނަ ރައްޔިތުން މިހާރު ޤަބޫލުކުރަނީ ކޮންމެ ގޮތަކަށ TechWaves Box ް ސަރުކާރުން ވާހަކަދެއްކި ނަމަވެސް އަމަލު ހުންނާނީ އެހެން ގޮތަކަށް ކަމށެވެ. އަނެއްކާވެސް ހަމަ އެފަދަ ވާހަކައެއް ރައީސް މުއިއްޒު މިއަދު މިވަނީ ވިދާޅުވެފައެވެ.

އާންމު ވިޔަފާރިތަކުގެ ތެރެއަށް ކައުންސިލްތަކުން ނުވަންނާށޯ އެވެ. ކުޑަކުޑަ ރަށަކަށް ވަަޑައިގެން އެރަށުގެ ރައްޔިތުންގެ ކުރިމަތީގައި ކައުންސިލް ތަކަކީ ރައްޔިތުންނަށް ހުރި ބިރަކަށް ހަދައި، ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ރައީސް އަކަށް މި ރައީސް މިވަނީ ވެފައެވެ.

ކައުންސިލްތަކުން ދަތުރު ނުކުރާށޯ އެވެ. ކައުންސިލްތަކ 3cx Box ުން ތަޖުރިބާ ހޯދުމުގެ ނަމުގައި އެކުރާހާވެސް ކަމަކީ ބޭކާރު ޙަރަދު ކުރުމޯ އެވެ. އެހެންގޮތަކަށް ބުނަނީ ނަމަ ކައުންސިލްތަކަކީ ހަމަ ބޭކާރު ބައެކޭ ނުބުނާ ކަން އެކަންޏެވެ.

ނަމަވެސް އެމަނިކުފާނު މޭޔަރަކަށް ހުންނަވައި ކައުންސިލްގެ ޙަރަދުގައި ތުރުކީއަށް ވަޑައިގެންކަމީ އެންމެ ދަންނަ ކަމެކެވެ. އެއީ ސިއްރެއް ނޫނެވެ. ހަނދާން ނެތުނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެދަތުރުފުޅަކީ އަމިއްލަ ޙަރަދުގައި ކުރެއްވި ދަތުރުފުޅަކީ ތޯއެވެ. 

މިއަދު ބ އަތޮޅު ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ވާންވީގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ތަޖުރިބާގެ ދަތުރުތަކުގެ ނަމުގައި ރައްޔިތުންނަށް ފައިދާ ނުވާނެގޮތަށް ބްލޮކް ގްރާންޓު ބޭނުންކޮށްގެން ދަތުރުކުރާކަމަށާއި، އެއީ ޒިންމާދާރު ގޮތެއް ނޫންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ވާހަކަފުޅަކީ ކުރީ ސަރުކާރުން ފެނަކައަށް، އެ ކުންފުނީގެ ދެތިން އިންޖީނުގެއަކާއި ދެތިން އޮފީސް އިމާރާތަކާއި ދެތިން ރަށެއްގެ ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފައިވާތީ އެކަމުގެ ސަބަބުން ފެނަކަ ވަނީ ބަނގުރޫޓް ވެފައި ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ހުވާ ކުރެއްވުމާއެކު އަވަސްވެގަތީ ފެނައަކަށް ދީފައި ހުރި އެ ޕްރޮޖެކްޓް ތައް ޓާމިނެޓްކުރުމަށެވެ. 

މިދެންނެވި ޕްރޮޖެކްޓްތައް ޓާމިނޭޓް ކުރުމަށްފަހު ދެން ފެނިގެން ދިޔައީ ފެނަކައިން ރަސް އައިނަކަށް އަރައިގެން އުޅޭ މަންޒަރެވެ. ކުރު ދޮށީގައި އެހެރަ ބާނަނީ ހެލްތު ސެންޓަރު ތަކާއި ސުކޫލު ކުލާސް ރޫމްތަކާއި ޔޫތުސެންޓަރުތަކާއި މަސް ފެކްޓްރީ ތަކާއި މިސްކިތްތަކާއި، މުގުތަކާއި މިހެންގޮސް ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއް ކަހަލަ ގޮތަކަށް ފެނަކާއި، އާރުޑީސީ އާއި، ސްޓެލްކޯއާއި، އެމްޑަބްލިޔު އެސްސީ ފަދަ އެސް އޯއީ ތަކަށް ދެމުން ގެންދާ ތަނެވެ. އަދި އެލިސްޓަށް މިއަދު ވަނީ އައު އެސްއޯއީއެއްވެސް އިތުރުވެފައެވެ. އާދެ ސަރުކާރުން ސޯޝަލް ހައުސިންގ އަޅަން އުފެއްދި ކުންފުންޏެވެ.

އާންމުން ކުރާ ވިޔާފާރި ތަކަށް ވަންނަން ވާނީ މިދެންނެވި ކުފުނިތަކުންނެވެ. ރާއްޖެގައި ތިބި ކޮންޓްރެކްޓަރުން ދެން އެހެން ކަމަކާ އުޅޭށޭ ބުނާ ކަހަލައެވެ. އިކޮނޮމީއެއް އިގްތިސާދެއް ބެލުމެއްނެތެވެ.

އެކޮންޓްރެކްޓަރުން އެތައް ދުވަހަކުން އެސްޓަބްލިޝްކުރި ވިޔަފާރިއާއި، އެތައް ބައިވަރު މުވައްޒަފުންނާ ވަސީލަތްތަކާއެކު ކުރާނެ މަސައްކަތެއް ނެތި އެ ކުންފުނި ތަކުގެ ވެރިންގެ ގޮތުގައިތިބި އާއްމު ރައްޔިތުމީހާ އަށް އޮތީ އެސްއޯއީ ތަކާ ހަވާލުކުރާ ޕްރޮޖެކްޓް ތަކުގެ ވާހަކަ ކޮންމެދުވަހަކު ނޫސްތަކުން ކިޔާލުން އެކަންޏެވެ.

ކައުންސިލްތަކުން އާންމުން ކުރާ ވިޔަފާރިއަށް ނުވަންނާށެވެ، އެސްއޯއީތަކަށް އެކަން ދޫކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙