މިނިވަންރައީސް ޑރ މުއިއްޒު އަކީ މިހާތަނަށް އެންމެ ގިނަ ރިޔާސީ ވައުދު ވެވަޑަިގެނެވި ރައީސް އެވެ.
އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވައި ކެމްޕޭނު ފެއްޓެވި އިރު އެކަށޭނަ ތަފްސީލީ މެނިފެ
ސްޓޯއެއް އެކުލާފައެއް ނުވެއެވެ. ވަކި ވަކި ރަށްތަކުން ވަކިވަނި ދާއިޜާތަކުން ދިރާސާކުރެވި ކުރަންޖެހޭ ކަންތައްތަކާއި މުހިންމު ކަންކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން ކެމްޕެއިން މައި ރެލީގައި މެނިފެސްޓޯގެ ގޮތުގައި ހުށަހަޅާފައިވަނީ ޖުމްލަ މައިގަނޑު ސިޔާސަތު ތަކެކެވެ.
އެހެންކަމުން ވަކިވަކި ރަށްރަށަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުތައް ވެގެންދިޔައީ އެރަށަކަށް އެމަނިކުފާނު ވަޑައިގެން ޕޯޑިއަމްއާއި ހަމައަށް ވަޑައިގެންނެވުމުގެ ކުރިން އެރަށުގެ މީސްމީހުންގެ ފަރާތުން އެމަނިކުފާނަށް ހުށަހެޅުނު ހުށަހެޅުން ތަކަށެވެ. ކަން މިހެން ދިމާވުމުން ކޮންމެ ރަށަކަށްވެސް ލައްކަ ގިނަ ވައުދު އެމަނިކުފާނު ވަނީ ވެވަޑައިގެންފައެވެ.
މިގޮތުން ބައެއް ރަށްރަށުގައި ޕޯޑިއަމް އަށް އެރުމުގެ ކުރިން މީސް މީހުން އެމަނިކުފާނު އަރިހުން އެދިފައިވާ ކަންކަން ނޯޓުކޮށް ދެނ
ެގަތުމުގައި އަރާފައި ހުރި އޮޅުންތަކުގެ ސަބަބުން އެރަށުގައި އޭރުވެސް އެސްޓަބްލިއުވެފައި ހުރި ބައެއް ކަންކަން އެރަށުގައި މުޅިން އަލަށް ގާއިމް ކޮށްދޭންވެސް ވަނި ވައުދު ވެފިފައެވެ. އެގޮތުން އައިސްޕްލާންޓް ހުރި ބައެއް ރަށްރަށުގައި އައިސްޕްލާންޓް ގާއިމްކޮސްދޭން ވައުދު ވެވުމާއި ފަޅުކޮނެ ނިމިފައިވާ ބައެއ ރަށްރަށުގައި ފަޅުކޮންނަން ފަށާނެފަދަ ވައުދުތައް އެމަނިކުފާނު ވަނީ ވެވަޑައިގެންފައެވެ.
ކަން މިހެން ދިމާވުމުން އެމަނިކުފާނުގެ ކެމްޕެއިން ނިމި ރައީސް ކަމަށް އިންތިހާބު ހިސާބުން ކެމްޕެއިންގައި ރަށްރަށުގައި ވެފައިވާ ވައުދުތަކަކީ ކޮބައިތޯ ބަލަން ވީޑިއޯތައް ބަލައި ވައުދު ފޮތެއް އެކުލަވާލަން އެމަނިކުފާނަށް ޖެހިވަޑައިގަތެވެ. ޕާޓީގެ މެނިފެސްޓޯގެ ބަދަލުގައި ޕޯޑިއަމް ތަކުން ނިކުތް ވައުދުތައް ފުއްދަން އެމަނިކުފާނަށް ވަނީ ޖެހިވަޑައިގެންފައެވެ.
ކޮންމެ ވައުދެއް ވެސް ފުއްދަން ބަލާއިރު ގޮސް ހުއްޓެނީ ފައިސާ އާއި ހިސާނބުންނެވެ. ދައުލަތަށް އާމްދަނީ ލިބެއެވެ. ނަމަވެސް ލިބޭ އާމްދަނީ އަކީ ރިކަރެންޓް ހަރަދުތައް ފުއްދުމަށްފަހު ވައުދު ފުއްދުމަށް އެކށީގެންވާ ވަރުގެ އާމްދަނީއެއް ނޫނެވެ.
ރާއްޖޭގައި ކޮންމެ ސަރުކާރަކުންވެސް މިހާތަނަށް ބޮޑެތި ރިޔާސީ ވައުދުތައް ފުއްދުމުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަކީ ބޭރުގެ ފައިނޭންސް ނުވަތަ ހިލޭ އެހީ ހޯދުމެވެ. ނުވަތަ ކްރޮސް ސަބްސިޑީ އެވެ. އެގޮތުން މި ސަރުކާރުން ވެސް އަވަސްވެގަތީ ބޭރުން ފައިނޭންސާއި ހިލޭ އިހީ ހޯދުމަށެވެ. އަދި ކްރޮސް ސަބްސިޑީގެ އުސޫލުން ވައުދުތައް ފުއްދުމަށެވެ.
ނަމަވެސް ވީ ކީއްތޯއެވެ. ކޮރޮސް ސަބްސިޑީ އުސޫލުން އަވަސްއަރުވާލައިގެން މަޖިލިސް އިންތިހާބާ ދިމާކޮށް އެއްބަސްވުންތައް ހެދުނީ ފޭސްބުކް ޕޭޖު ހަދައިގެން ވިޔަފާރި ކުރާ ފަދަ ފަރާތްތަކާއެވެ. ޑިއުޑިލިޖެންސް ހެދިފަ ނެތުމުން އެފަދަ އިން ސޮއިކުރި އެއްވެސް ޕާޓީއެއް ތާކުންތާކުޖެހޭ ބަޔަކަށް ނުވިއެވެ. ދެން އޮތީ ހިލޭ އެހީއާއި ބޜުގެ ފައިނޭސް ހޯދަން ކުޑަސިޓީ ދެއްވާފައި ގައުމުތަކަށް މަންދޫބުން ފޮނުވައިގެން ކުރި މަސައްކަތެވެ. ސަރުކާރުގެ ތަޖުރިބާ އާއި ބައިނަލްއަގްވާމީ ގުޅުންތައް ރަނގަޅަށް ފަހުމުނުވާ ބަޔަކު ކުރާފަދަ ކަންތައްތަކެއް ކުރު،މުން، ކުޑަސިޓީތަކަށް އެ ގައުމުތަކުން ހެދި ގޮތެއް ބުނެދޭކަށް ނޭނގެއެވެ. އިނގޭހާވެސް ކަމަކީ ކުޑަސިޓީ ކިޔައިފަ އެއްވެސް ގައުމަކުން އެހީތެރިކަމެއް ދީފައި ނުވާ ކަމެވެ.
ދުވަހަކަށްފަހު ދުވަހެއް އިންތިހާބަކަށްފަހު އިންތިހާބެއް ބޯމަތިވަމުން ދައުރުން ދުވަހެއް މަދުވަމުން ވަގުތު ކުޑަތަން ވާންފެށުން ދެން ފެނިގެން މިދިޔައީ މީގެ ކުރިން ދުވަހަކުވެސް މި ޜާއްޖެއިން ފެނިފައިނުވާފަދަ މަންޒަރު ތަކެކެވެ. ދައުލަތް ހިއްސާވާ ދުވަސްވީ އެންމެ ހަރުދަނާ ކުންފުނި ތަކުގައި ހުރި ފައިސާއިން ވައުދު ފުއްދަން މަސައްކަތް ފެށި ތަނެއެވެ. ދައުލަތުގުގެ ބަޖެޓް ގައި ފައިސާ ހުރިތޯ ނެތްތޯ ބެލުމެއް ނެތެވެ. ވައުދު ފޮތުގައި ހުރި ހުރިހާ ވައުދެއް ފުއްދުމަކީ ސަރިުކާރުގެ ކުންފުނި ތަކުގެ އެންނެމެ އިސް ވާޖިބަށް ހަދައިފި އެވެ.
އެގޮތުން މީގެ ކުރިން ދުވަހަކުވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަންނަ ބޭންކް އޮފް މޯލްޑިވެސް މިހަރު ފެންނަނީ އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ކޮންމެ ދުވަހަކު ވެސް ސަރުކާރުގެ ވައުދު ފުއްދަން މަސައްކަތް ފަށާފައިވާ ތަނެވެ. އޭޓީމް އާއި ރިސޯޓް ފައިނޭންސިންގ އަދި ހައުސިންގ ފައިނޭންސިންގ ވެސް ސަރުކާރުގެ ވައުދު ފުއްދުމަށް ހާއްސަކުރި ތަނެވެ.
ދެންއޮތީ ހަމަ މީން ޒަމާނަކުވެސް އެއްވެސް ސަރުކާރަކުން ސިޔާސީ ނުކުރާ އެމްއޭސީއެލް އެވެ. އެކުންފުންޏަކީ ވެސް މިހާރު އެމްޓީސީސީ ފަދަ ކޮންޓްރެކްޓަރަކަށް ވެ ނިމިއްޖެ އެވެ. ރަށްތަށުގެ ބިންއްކުމާއި، ކުޅިވަރު ކުޅޭ ފެސިލިޓީތައް ގާއިމްކުރަން އެތައް ރަށެއް އެ ކުންފުނިންވެސް މިހާރުވަނީ ހަވާލުވެފައެވެ.
އެމްއޭސީއެލް އާއި ބީއެމް އާއި އެމްޕީއެލް ފަދަ އެންމެ ގިނައިން އާމްދަނީ ވަންނަ ކުންފުނިތައް މިހާރު އެތިބީ ވައުދު ފުއްދާދޭން ނިކުމެއެވެ. އެ ކުންފުނިތަކަށް ވައުދު ފޮތް ފުރިހަމަ ކުރެވި ދާނެތޯ އެވެ. ނޫނީ އެ ކުންފުނިތަކުގެ ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތޯއެވެ.