މުޙައްމަދު ވިޝާން
އިންތިހާބު ކުރާ މަގާމުތައް ގިނަވި ވަރަކަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރެވޭ ނިސްބަތް އިތުރުވެގެންދެއެވެ. ކަންކަން ނިންމުމުގައި މަރުކަޒީ ވިސްނުމަށްވުރެ ބޮޑަށް ލާމަރުކަޒީ ވިސްނުން ފުޅާވެގެން ދެއެވެ.
އައްޔަނީންނަކީ އައްޔަނު ކުރާ ފާރާތުގެ ސީދާ އޯޑަރަށް މަސައްކަ
ތް ކުރާ ބައެކެވެ. ކަންކަން ނިންމުމުގައި އެމީހުން ބަލާނީ އައްޔަނުކުރި ފަރާތުގެ ވިސްނުމަށެވެ. ރައްޔިތުންގެ ވިސްނުމަށް އެމީހުން މަސައްކަތްކުރާނަމަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮންނާނެ އެވެ.
ހުދުމުހުތާރު ވެރިޔަކަށް އެންމެ އުނދަގޫ ކަމަކީ ސިސްޓަމް ތެރޭގައި ރައްޔިތުން އިންތިހާބުކުރާ މަގާމުތައް ގިނަވުމެވެ. އެހެންކަމުން އެފަދަ ވެރިން އެންމެ ފުރަތަމަވެސް މަސައްކަތް ފަށާނީ ސިސްޓަމްގެ ފުރިހަމަ ކޮންޓްރޯލް އެމީހެއްގެ އަތްމައްޗަށް ނެގުމަށްޓަކައި، އިންތިހާބީ މަމަގާމުތައް މަދުކޮށް އޭނާ އައްޔަނު ކުރާ ފަރާތްތައް ގިނަ ކުރުމަށެވެ.
ރާއްޖޭގައި ފެހި ގާނޫނު އަސާސީއަށް ވެރިކަން ކުރަން ފަށައި 3 ބާރު ވަކިވެފަ
އިވާ ނިޒާމަކަށް ބަދަލުވެގެންދިއުމާއެކު ރައްޔިތުންނަށް ނުހަނު ގިނަ މަންފާތަކެއް ދިޔައީ ލިބެމުންނެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮސްދިނުމަށް ރައްޔިތުން އިންތިހާބުކުރާ ފަރާތްތަކުން ދިޔައީ ކެނޑިނެޅި މަސައްކަތްކުރަމުންނެވެ.
ނަމަވެސް އެ ނިޒާމު ރާއްޖެއަށް ގެނެވުނުތާ 15 އަހަރު ފަހުން އަނެއްކާވެސް މަޑުމަޑުން އެ ނިޒާމު މިވަނީ ޕެރަލައިޒް ވާން ފަށާފައެވެ. އެ ނިޒާމުގައި ހުރި ކުދިކުދި ލޫޕް ހޯލްތައް ހީދައި އޭގެ ތެރެއިން ވަދެ މުޅި ނިޒާމު މިވަނީ ވެރިމީހާގެ އަތްމައްވޗަށް ނެގުމަށް މިސްރާބު ހިފާފައެވެ.
މިދެންނެވި ލޫޕް ހޯލުތަކުންވަދެ ވެރިކަން ހިންގާ ފަރާތުގެ އުނގުތެރެއަށް ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ވެރިކަމުގެ އުނގުތެރެއަށް ލެވުނު ނަމަވެސް އިންތިހާބުރާ ކައުންސިލްތަކާއި ކައުންސިލަރުން ނުވަތަ މޭޔަރުން ވެރިކަމުގެ އުނގުތެރެއަށް ލެވޭނެ މަގެއް، ގާނޫނު ބައްޓަން ކޮށްފައިވާ ގޮތުން ހޯދިފައި ނެތުމަކީ ހުދުމުހުތާރު ވެރިޔަކަށް ދޫކޮށްލައިގެން ހުރެވޭނެ ކަމެއް ނޫން.
އެހެންކަމުން ކައުންސިލްތަކަކީ ގައުމަށާއި ދައުލަތަށް ބޮޑު ބުރައެއް ކަމަށް ދައްކައި ކައުންސިލްތައް އުވާލައި ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަސައްކަތްކުރުމަކީ އެފަދަ ވެރިން ކުރާނޭ ކަންކަން. ހަގީގަތުގަވެސް ދައުލަތުގެ އިސްރާފް ނުވަތަ ޙަރަދު ކުޑަކުރަން މަސައްކަތް ކުރުމަކީ ވެރިޔަކަށް ހުންނަ ފަރާތުން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.
ނަމަވެސް މިފަދަ ކަމެއް ވެރިކަންކުރާ ފަރާތުން ކުރާނަމަ އެކަން ކުރަނީ ހަގީގަތުގައިވެސް ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނިޔަތުގައިތޯ ނުވަތަ ވެރިކަމުގެ ބާރުވެރިކަން ނުފޯރުވޭ ގޮތަށް ރައްޔިތުންގެ ފަރާތުން ބާރުލިބިގެން ކަންކަން ނިންމަންތިބޭ މީހުންގެ އަދަދު މަދުކުރަންތޯ މިއީ ރައްޔޮތުން ކޮންމެހެންވެސް ބަލަންޖެހޭ ކަމެއް.
މިކަމުގެ ޖަވާބު ހޯދޭނެ އެންމެ ފަސޭހަ ގޮތަކީ މިދެންނެވި އިންތިހާބު ކުރާ މަގާމުތައް މަދުކުރާއިރު، ނުވަތަ މަދުކުރުމަށްފަހު ވެރިކަމުގެ ބާރުން އައްޔަނުކުރާ މީހުންގެ އަދަދު ދަނީ މަދުކުރަމުންތޯ ނުވަތަ އައްޔަނުކުރާ މީހުންގެ އަދަދު ދަނީ ގިނަކުރަމުންތޯ ބެލުމެވެ.
އިންތިހާބުރާ މަގާމުތައް މަދުކުރުމަށްފަހު ވެރިކަން ކުރާ ފަރާތުން އެކި ނަންނަމުގައި އައްޔަނުކުރާ ފަރާތްތައް ގިނަކުރަމުންދާނަމަ އެކުރަނީ ހުދުމުހުތާރު ވެރިކަމެކެވެ. ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!