17 ޖޫން 2026

ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމަށް ރައްޔިތުން 29 މިލިއަން ރުފިޔާ ޙަރަދުކުރަންޖެހުނު ފަހަރެއް

މުޙައްމަދު ވިޝާން
5 ގަޑިއިރު ކުރިން

ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމަށް ރައްޔިތުން 29 މިލިއަން ރުފިޔާ ޙަރަދުކުރަން ޖެހިއްޖެ އެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަން އެންމެނަށް ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމަށ TechWaves Box ް ފޯމު ހުށަހެޅި ފަރާތްތަކުން މިފަހަރު ވަނީ ބޮޑު ހޭދައެއް ކުރަންޖެހިފައެވެ.
މާލޭގައި ދިރިއުޅޭ ފަރާތެއްކަން ސާބިތުކޮށްދިނުމަށް ނޮޓަރައިޒް ސެޓިފިކެޓާއެކު އެފިޑަވިޓް ހުށަހެޅުމަށް އޮތުމުން ކޮންމެ ފަރުދަކަށްވެސް ޖެހުނީ ޕަބްލިކް ނޮޓަރީ ހުއްދަ ލޯޔަރުންގާތުން ނޮޓަރީ ސްޓޭމްޕް ޖަހައި ނޮޓަރީ ސަރޓިފިކެޓް ހޯދާށެވެ.

އެ ކަން ކޮށްދޭ ކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އިޝްތިހާރުވެސް ޖަހައިފައެވެ. އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ނޮޓަރައިޒް ކޮށްދޭ ފަރާތްތަކަށް މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމަށް އެދި ހުޅުވާލާފައިވާ ސްކީމްތަކަށް ފޯމް ހުށަހެޅި ފަރާތްތަކުން ވާނީ ލިބިފައެވެ.

އެގޮތުން މީސްމީޑިއާއިން ފެނުނު އިޝްތިހާރު ތަކުގައި ނޮޓަރީ ސްޓޭމްޕް ޖ 3cx Box ަހައިދޭ އެންމެ ކުޑަ އަގެއް ކަމަށް ބުނެފައިވަނީ -/500 ރުފިޔާ އެވެ. އަދި އެފިޑަވިޓް ތައްޔާރުކޮށްދިނުމާއެކު ނޮޓަރީ ސްޓޭޕް ޖަހައިދިނުމުގެ ފީއެއްގެ ގޮތުގައި އެންމެ ކުޑަ އަގެއް ކަމަށް ބުނެފައިވަނީ -/1000 ރުފިޔާ އެވެ.

އެހެންކަމުން ޖުމްލަ 58505 މީހުން ބޯހިޔާވަހިކަމަށްއެދި ފޯމު ހުށަހަޅާފައިވާއިރު އެ އެންމެންނަކީ -/500 ރުފިޔާ ދީގެން ނޮޓަރީ ސްޓޭމް ޖަހާފައިވާ މީހުން ކަމަށްވާނަމަ 29,252,500/- ރުފިޔާ ވާނީ ރައްޔިތުންގެ އަތުން ހޭދަކޮށްފައެވެ.

ނުވަތަ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް ލިބޭ މުސާރަ ނުވަތަ މުސާރައިގެ ގޮތުގައި -/8000 ރުފިޔާ ލިބޭ މީހުންނަށް ބަލާނަމަ އެ މީހުންގެ މުސާރައިގެ 6.25 އިންސައްތަ ވާނީ ފޯމު ހުށަހެޅުމަށް ޙަރަދުކޮށްފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙