މޫސާ ނައުޝާދުމަސްރޫއު ހިންގަން ކައުންސިލްތަކަށް އެހީވެދޭ އެމްޑީޕީ އޮފީހުގެ ވެރިއަކަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހަމަޖައްސައިފި އެވެ.
ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީ ޗެއާޕާސަންގެ މަގާމާ ހަވާލ
ުވެވަޑައިގެން ޕާޓީގެ ހިންގެވުމަށް ގެންނަވަމުންދާ ބަދަލުތަކުގެ އެމްޑީޕީ ސެކްރެޓޭރިއޭޓުގައި އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް މިއަދު ވަނީ އުފައްދަވައިފަ އެވެ.
އައިއެލްސީ-ޕީޑީއޯ އުފެއްދެވުމުގެ މަގުސަދަކީ ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުން ކަމަށް އެ ޕާޓީން ބުނެއެވެ.