2 ޖުލައި 2026

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

މޫސާ ނައުޝާދު
7 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާޢިލް ރަޝީދު ރިޓަޔަރ ކުރައްވަން ނިންމެވުމާ ގުޅިގެން، ކުންފުނީގެ ހިންގުމުގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމައި އެކަން ދިރާގުން މިއަދު އިޢުލާނުކޮށްފިއެވެ.

ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްމާޢިލް ރަޝީދު ރި 3cx Box ޓަޔަރ ކުރައްވަން ނިންމެވުމާ ގުޅިގެން، ކުންފުނީގެ 'ޗީފް އެގްޒެކެޓިވް އޮފިސަރ ޑެޒިގްނޭޓް’ގެ މަގާމަށް ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް (ވަލްޑޭ) ދިރާގާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

އިސްމާޢިލް ރަޝީދަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ދިރާގަށާއި ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ގާތްގަނޑަކަށް 40 އަހަރު ދުވަހުގެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ބިންގާ އެޅުމާއި، ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އިސްމާޢިލްގެ ޒަޢާމަތުގައި ހިންގުނު މުހިންމު މަޝްރޫޢުތަކުގެ ތެރ TechWaves Box ޭގައި، ރާއްޖޭގެ ހުރިހާ ރަށެއް މުވާސަލާތީ ގޮތުން ގުޅުވާލުމާއި، ޖީއެސްއެމް މޯބައިލް ޚިދުމަތް ތަޢާރަފުކުރުމާއި، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ސަބްމެރީން ކޭބަލް އެޅުން ހިމެނެއެވެ.

މީގެ އިތުރުން 2011 ވަނަ އަހަރު ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ އައި.ޕީ.އޯ ކާމިޔާބުކަމާއެކު މެނޭޖްކުރެއްވުމާއި، 2015 ގައި ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަރ-ޓު-ދަ-ހޯމް ކަވަރެޖް ފޯރުކޮށްދެއްވުން ހިމެނެއެވެ.

އައު ސީއީއޯ ޑެޒިގްނޭޓް ވަލްޑެމާ ފެރަޑާޒް އަކީ ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ ޤައުމުތަކުގައި އިސް މަގާމުތައް ފުރުއްވައި، ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވާފައެވެ.

ވަލްޑޭ ދިރާގާ ގުޅިވަޑައިގަތުމަކީ ކުންފުނީގެ ވިޔަފާރި އިތުރަށް ހަރުދަނާވެ، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.

ދިރާގުން އިތުރަށް ވިދާޅުވީ، މި އިންތިޤާލީ މަރުޙަލާގައި އިސްމާޢިލް ރަޝީދާއި ވަލްޑޭ ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ކުންފުނީގެ ދިގު މުއްދަތުގެ މިސްރާބަށާއި، ސްޓްރެޓެޖީތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން ދިރާގުގެ ބޯޑުން ވަނީ ދެއްވާފައެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއް ނާންނާނެ ފަދަ ގޮތަކަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙