19 ޖުލައި 2026

3 މަސްތެރޭ ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އަންގައިފި

މިނިވަން
10 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ކުރިއަށް އޮތް 3 މަސް ތެރޭގައި ވަޒީފާއިން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މުއްދަތެއް ކަނޑައަޅައި އެކަން ކުންފުނިތަކަށް އަންގައިފި އެވެ.

މިއަހަރުގެ އޭޕްރީލް މަހުވެސް ޕީސީބީ އިން ވަނީ ކުންފުނިތަކުގެ މުވަ TechWaves Box އްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ކުންފުނިތަކަށް އަންގާފައެވެ. ނަމަވެސް އެ ފަހަރު ކުންފުނިތަކަށް ޕީސީބީ އިން އެންގި އެންގުމުގައި މުވައްޒަފުން މަދުކުރަން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

މި އަހަރުގެ އޭޕްރީލް މަހު ކުންފުނިތަކަށް ޕީސީބީ އިން އެންގި އެންގުމާ ހަވާލާދީ ކުންފުނިތަކަށް އެ ބޯޑުން މިއަދު އެންގި އެންގުމުގައި ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 މަސް ދުވަހުގެ ނިއަލަށް ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙