މުޙައްމަދު ވިޝާންރާއްޖެތެރޭގެ 13 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 2100 ހައުސިން ޔުނިޓް އިމާރާތްކޮށްްދޭނެ ފަރާތްތަކެއް ހޯދަން ހައުސިންގ މިނިސްޓްރީން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުތަކަށް ކުރިމަތިލެވޭނީ 100 އިންސައްތަ ދިވެހިންގ
ެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށާއި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން އުސޫލުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކެއްކަމަށެވެ.
އަދި މި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއަކީ ބިޑް ކާމިޔާބުކުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި، މި މަޝްރޫއއުގެ ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ސަރުކާރުން ހިލޭ ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހެ އެވެ.
މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ
3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެތަންތަނުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހަދަން ޖެހެއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ކޮންމެ ކުންފުޏަކަށްވެސް އެއް ރަށަށްވުރެ ގިނަ ރަށުގައި ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މި މަސްރޫއުގެ ދަށުން އިމާރާތްކުރާ 60 އިންސައްތަ ހައުސިންގ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައި ކަމަށެވެ. އަދި ބާކީ 40 އިންސައްތަ ހައުސިންގ ޔުނިޓް މާކެޓް ރޭޓްގައި ވިއްކޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
މި އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެ ކަމަށާއި، އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާ ކަމަށާއި، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައަކާއި ކާރު ޕާކިންގް ޖާގަ ވަކިން ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:
ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް
ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް
ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް
ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
މ. މުލި: 100 ހައުސިން ޔުނިޓް
ދ. މީދޫ: 100 ހައުސިން ޔުނިޓް
ލ. ގަން: 200 ހައުސިން ޔުނިޓް
ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް
ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް
އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް
އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް
އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް
އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް