މިނިވަންސަރުކާރު ކުންފުނިތައް ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ކުރަމުންދާ ދެކޮޅަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ހަގީތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ "ބޭގަރާރެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ސަރުކާރު
ން ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އާބާދީގެ 25 އިންސައްތަ މީހުންނަށް ސީދާގޮތުން އަސަރުކުރާނެކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްތރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަނީ ބުނަމުންނެވެ.
ކުންފުނިތަކުން ގިނައަދަދެއްގެ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތަަކީ ސިޔާސީ ގޮތުން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމަށް ކުރާ ކަމެއްކަމަށް ބުނެ އެކަން ހުއްޓުވުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުގަރާރަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް (ޖަނާބު) ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައިވެސް ސަރުކާރު ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އަދި މެންބަރު އިބްރާހިމް ވިދާޅުވީ ސިޔާސީ މަ
ގުސަދުތައް ހާސިލުކުރުމަށް ވަކި ފިކުރަކަށް ނިސްބަތްވާ މީހުން ވަޒީފާއިން ވަކިކުރުމުގެ ސަގާފަތަކީ އެމްޑީޕީން ގެންގުޅޭ ސިޔާސަތެއް ކަމަށެވެ
މީގެ އިތުރުން މެންބަރުން ވަކިކުރަން އުޅޭ މައްސަލާގައި އެމްޑީޕީން ހުށަހެޅި ގަރާރުގައި ވަކިކުރި މުވައްޒަފުންގެ ނަމާއި ވަކިކުރި ދުވަސް އެނގެން ނެތްކަމަށްވެސް މެންބަރު އިބްރާހިމް (ޖަނާބު) ވަނީ ވިދާޅުވެފައެވެ.
ގަރާރެއް ލައި، ރައްޔިތުންގެ ފޯކަސް އަނބުރާލަން މަސައްކަތްކުރާއިރު މިގަރާރުގައި ނެތް ވަކިކުރި މީހެއް، ވަކިކުރި ތަނެއް ވަކިކުރި ދުވަހެއް، މިއިން އެއްވެސް ހަގީގަތެއް ސްޕެސިފިކްކޮށް މި ގަރާރުގައި ބަޔާންކޮށްފައި ނެތް" މެންބަރު އިބްރާހިމް (ޖަނާބު) ވިދާޅުވިއެވެ.
އިތުރަށް މެންބަރު އިބްރާހިމް (ޖަނާބު) ވިދާޅުވީ އެމްޑީޕީން މި ގަރާރު ހުށަހެޅީ ކުރިއަށް ދާންވީ ގޮތެއް ނޭނގިގެން ކަމަަށާއި، އެހެންކަމުން އެ ގަރާރަށްޓަކައި މަޖިލީހުގެ ވަގުތު ބޭކާރުނުކޮށް ގަރާރު ބޭރުކޮށްލަން ފެންނަ ކަމަށެވެ.