މުޙައްމަދު ވިޝާންބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ އެއްބަސްވުންތައްވެސް ބަދަލުކުރަން މަސައްކަތްކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މިއަދު ހައުސިންގ މިނިސްޓްރީން ކޮސްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބިންވެރި
ޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާކޮށް އެ ކަމަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެގޮތުން މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، ލޭންޑް ޔޫސް ޕްލޭނާއެއްގޮތަށް ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި ކުރިން ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އެ އެއްބަސްވުމުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާތީ، ހަމައެކަނި ގުޅިފަޅުން ގޯތި
ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް އެ މިނިސްޓްރީއަށް ފެންނާތީ، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކާ ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް ހައްލެއް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންއަންނަކަމަށްވަނީ ބުނެފައެވެ.