26 ޖުލައި 2026

ހައުސިންގ މިނިސްޓްރީގެ އިޢުލާނަކުން ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ؟

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

ހައުސިންގ މިނިސްޓްރީގެ އިޢުލާނަކުން ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ؟

ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު 1/2002 އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ދިރިއުޅަށްޓްމަކައި ބަންޑާރަ ގޯތި ދ TechWaves Box ޫކުރުމުގެ ޤަވާއިދު" ގެ ދަށުން ދޫކޮށްފައިވާ އެތައް ހާސް ބަންޑާރަ ގޯއްޗެއްގެ ރަޖިސްޓްރީ އެ ގޯތި ލިބުނު ފަތާތަކާ ހަވާލުކުރުމަށްފަހު އެ ރަޖިސްޓްރީ ތައް "ކެންސަލް" އޭ ބުނެވިދާނެތޯއެވެ؟  މިއީ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށް ނުވިނަމަވެސް އާންމު ބުއްދީގެ ހަމަތަކަށް ބެލިނަމަވެސް ހަމަ ކޮންމެ މީހަކަމު ހިތާހިތާ ނަމަވެސް ކުރާނެ ސުވާލެކެވެ.

ބިމާބެހޭ ޤާނޫނު ބުނާ ގޮތުން ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަމަކީ ރަށެއްގައި ނަމަ ރަށު ކައުންސިލް ސިޓީއެއްނަމަ ސިޓީ ކައުންސިލް އަދި ވަކިތަނެއް ނުވަތަ ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުއެއް ނަމަ  އެ މަޝްރޫޢު ހިންގުމަށް ސަރުކާރުން ހަމަޖައްސާ ފަރާތަކުން ކުރާންޖެހޭ މަސައްކަތެކެވެ.

އެގޮތުން 2023 ވަނަ އަހަރު ގުޅީފަޅު އާބާދުކޮށް ސަހަރެއް ބިނާކުރުމަށް ސަ 3cx Box ރުކާރުން ހިންގާފައިވާ މަސައްކަތުގެ ދަށުން އޭރުގެ ހައުސިންގ މިނިސްޓްރީން ވަނީ މިދެންނެވި ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދުގައި ބުނާ ގޮތުގެ މަތިން އެތައްހާސް ރަޖިސްޓަރީ ދޫކޮށްފައެވެ.

އެހާ ހަމައިން ގުޅީފަޅުން ދޫކޮށްފައިވާ ރަޖިސްޓަރީ ތަކަކީ ހަމަ މާލޭގެ އަވަށްތަކުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ތަކުގެ ރަޖިސްޓަރީތައް ފަދައިން ޤާނޫނީ ބުރަދަނުގައި އެއްވެސް ތަފާތެއް ނެތް އެއްޗަކަށް ވަނީ ވެފައެވެ.

އެހެންކަމުން ހައުސިންގ މިނިސްޓްރީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އިއުލާނެއް ކޮށްލައިގެން މާލޭގެ މާފަންނުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކުގެ ރަޖިސްޓްރީ ތައް ބާތިލް ވީއޭ އަލުން ލޭންޑް ޔޫސްޕްލޭނާ އެއްގޮތަށް ގޯތި ލިބޭތަން ކަނޑައަޅަން ގުރުނަގަން އަންނާށޭ ބުނެވިދާނެ ތޯއެވެ. މިއީ ޤާނީ މާހިރެއްގެ ބަހެވެ. އެ ބޭފުޅާ ވިދާޅުވަނީ އެފަދަ ކަންކަމަކީ "ގނނ" މި 3 އަކުރު އެއްކޮށްލައިގެން ކިޔާ އަޑުއިވިފަ ހުރި މީހަކު ކުރާނެ ވަރުގެ ކަމެއް ނޫންކަމަށެވެ. 

އެހެން އެކަން ކޮށްގެން އެކަމުން ނިކުމެދާނެ ނަތީޖާ އަކީ ކޮބައިތޯއެވެ. ހައުސިންގ މިނިސްޓްރީގެ އިއުލާނާ ގުޅިގެން އެ ރަޖިސްޓަރީގެ ވެލިޑިޓީއަކަށް ނުވަތަ ޤާނޫނީ ބުރަދަނަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޤާނޫނީ މާހިރުން އެދަނީ ބުނަމުންނެވެ. މީހުންނަށް ދިރިއުޅުމަށް ދޫކޮށްފައިހުންނަ ބަންޑާރަ ގޯތި ދައުލަތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަނބުރާ ނުނެގޭނެ ކަމަށާއި، އެ ފުރުސަތަކީ ޤާނުނު އަސާސީ އާއި ޤާނުނުތަކުންވެސް ދައުލަތަކަށް ލިބިދީފައިވާ ބާރުތަކެއް ނޫން ކަމަށް ޤާނޫނީ މާހިރުން އެދަނީ ބުނަމުންނެވެ.

ވުމާއެކު މިފަދަ ހައްސާސް މައްސަލައެއްގައި ހައުސިންގ މިނިސްޓްރީން މިފަދަ ކަންކަން މި ކުރަނީ ދައުލަތުގެ މުވައްސަސާތަކަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމަށް ޤާނޫނީ ޒިންމާ މަތިކޮށްފައިވާ ބަންޑާރަ ނައިބުގެ ލަފާފުޅެއްވެސް ހޯދުމަކާ ނުލާ ބާވައޭޥޭސް ހީވާ ހިސާބަށް މިކަން މިވަނީ ގޮސްފައެވެ.

ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ މީހަކު މިނިވަންއަށް ބުނީ އޭނާ އަށް ގުޅީފަޅުން ކުރިން ލިބިފައޮތް ޕްލޮޓް ބަދަލުކުރަން ބޭނުންނުވާ ކަމަށާއި އެކަމާ ދެކޮޅަށް ކޯޓަށްވެސް ދާނެ ކަމަށެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން އެ މަސައްކަތް ކުރަނީ އެމީހާގެ ޕްލޮޓް އެހެންމީކަށް އަނެއްކާވެސް ރަޖިސްޓްރީއެއް ހެއްދުމަށްފަހު ދޫކުރުމަށެވެ.

2023 ވަނަ އަހަރު ގުޅީފަޅުން ދޫކޮށްފައި ބަންޑާރަގޯތީގެ ރަޖިސްޓްރީ ތަކަކީ އެންމެ ޒަމާނާއެއްގޮތަށް ޗާޓުކެރެވި ގޯތީގެ 4 ކަނުގެ ޖީޕީއެސް ކޯޑިނޭޓްސް ވެސް ރަޖިސްޓަރީގައި ހިމަނައިގެން ދޫކޮށްފައިވާ ރަޖިސްޓްރީތަކަކަށްވާއިރު ހައުސިންގ މިނިސްޓްރީން މިހާރު ކުރަން މިއުޅޭ ކަންކަމާއި ގުޅިގެން ނިކުމެގެންދާނެ ގޯސް ހިތައް ތަސައްވަރު ނުކުރެވެނީބާއެވެ. މި އީ ގިނަބައެއްގެ ހިތުގައި މިހާރު ހިނަގަހިނގާ ހުންނާނެ އެއް ސްވާލެވެ؟

An error has occurred. This application may no longer respond until reloaded. Reload 🗙