މުޙައްމަދު ވިޝާންއެމްއެމްއޭއަށް ބިން ވިއްކަން ހުޅުމާލެ އާބަން އައިލެންޑުން ވިއްކާފަހުރި ބިންތައް އަތުލުމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް ހުޅުމާލެ އާބަން އައިލެންޑުން ބިންގަނެފަތިބި ފަރާތްތަކުން ބުނެފިއެވެ.
ހުޅުމާލެ އެންމެ އުތުރުން ފޭސް 2 އާއި މިހާރު ވަކި ކޮށްފައިވާ އާބަން އައިލެންޓ
ަކީ ތޫރިޒަމް ބޭނުންތަކަށް ގިނަ ފަރާތްތަކަކަށް ބިންތައް ވިއްކާފައިވާ ތަނެކެވެ. އެ ތަނުން ބިންތައް ގަނެފައިވާ ބައެއް ފަރާތްތަކަކީ ބޭންކުން ބޮޑެތި ލޯނުތައް ނަގައިގެން އެޗްޑީއަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާފައިވާ ފަރާތްތަކެވެ.
ހުޅުމާލެ އާބަން އައިލެންޑުން ބިންގަނެފައިވާ ފަރާތަކުން މިނިވަންއާއި ވާހަކަދައްކަމުން ބުނީ އެފަރާތުން އާބަން އައިލެންޑުން ގަނެފައިވާ ބިމަށް 5 ވަރަކަށް މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށާއި ނަމަވެސް އެފަރާތް ބަންޑާރަނައިބުގެ އޮފީހަށް ހާޒިރުކޮށް އާބަން އައިލެންޑުން ގަނެފައިވާ ބިން ދޫކޮށްލަން ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ.
އެފަރާތުން ބުނީ އެދުވަހުގެ މީޓިންގ އަށް އާބަން އައިލެންޑުން ބި
ންގަނެފައިވާ ގިނަ ފަރާތްތަކެއް ބަންޑާރަނައިބުގެ އޮފީހަށް ހާޒިރުކޮށްފައި ތިބި ކަމަށާއި އެ ފަރާތްތަކަށް އިތުރު އޮޕްޝަނެއް ނުދީ ބުނެފައިވަނީ ދައުލަތުގެ ބޭނުމަށް އެ ބިންތައް ނަގަން ޖެހޭ ކަމަށެވެ.
އެ ބައްދަލުވުމަށް ދިޔަ ބިންގަނެފައިވާ ފަރާތަކުން ބުނީ އެގޮތަށް ބިންތައް ދައުލަތަށް ނަގާނަމަ އަމަލުކުރާނީ ކިހިނެއްތޯ އެހުމުން ގިނަ ފަރާތްތަކުން ކޯޓަށް ދާނެކަމަށް ބުނެފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ބިންތައް ހުސްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ އެމްއެމްއޭ އިން ގިނަ އަދަދެއްގެ ފައިސާ އެޗްޑީއަށް ހޯދުމަށްޓަކައި އެމްއެމްއޭ އަށް ދޭނެ ބިންހުސްކުރުމަށްޓަކައެވެ.
ބިންގަނެފައިވާ ފަރާތަކުން ބުނީ އެފަރާތުން ބިންގަނެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެފަދަގޮތަކަށް ކުއްލިއަކަށް ބިން އަތުލުމަކީ އެފަރާތްތަކަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމެއް ކަމަށާއި، އަދި ބިންގަތުމަށް ބޭންކުން ނަގާފައިވާ ލޯނުގެ އީއެމްއައި އާއި އޮޕޮޗުނިޓީ ކޯސްޓަށް ވެސް ރިޔާއަތްކުރަންޖެހޭނެ ކަމަށެވެ.
އަދި މިފަދަ ގޮތަކަށް އާންމު ވިޔަފާރިވެރިންގެ ވިޔާފާރިތަކަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި ހަމައެކަނި ދައުލަތުން ކުރަންބޭނުންވާ ކަމެއް ކުރަންވީމަ ހަމައެއް ލަމައެއްނެތި އެގޮތަށް އެކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައިވެސް އެފަރާތުން ފާހަގަކުރިއެވެ.