Shahuzaރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި މިރޭ އަރަފާތަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރ
ިހާ ޙައްޖުވެރިންވެސް މިނާއަށް ގޮސްފިއެވެ. ޙައްޖުވެރިން ވަނީ މިނާއަށް ރޭގެ ވަގުތެއްގައި މިނާއަށް ގޮސްފައެވެ. އަރަފާތަށް ދިއުމަށް މިރޭގެ ވަގުތެއްގައި ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ހައްޖުވެރިންނަށް މިނާއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
>ދިވެހި ހައްޖުވެރިންނަށްޓަކައި މި ފަހަރު މިނާއިން މަތީ ކެޓަގަރީގެ ޓެންޓުތައް ކަނޑައަޅާފައިވާކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އަދި މި ފަހަރު ދިވެހި ހައްޖުވެރިންނަށް ހާއްސަ ޓެންޓުތަކުގައި އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނާގައި ޙައްޖާޖީން މިއަދު މަޑު ކުރުމަށްފަހު މިރޭ ދަތުރުކުރާނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހައްޖާޖީން މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފަ އެވެ.