މުޙައްމަދު ވިޝާންއަންހެނުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯހެއް ހިންގައިފި އެވެ.
ކަރަންޓާގުޅޭ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި އިލެކްޓ
ްރޯނިކްސް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ "ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ކޯސް 16 ފަރާތަކުން ފުރިހަމަކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ އެ ކޯހަކީ ކަރަންޓަށް ހޭލުންތެރި ކުރުވުމަށާއި އަންހެނުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ގެ ފުރަތަމަ ބެޗް ކަމަށެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯސް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު ނިންމާލިއިރު 16 ބައި
ވެރިން ކޯސް ފުރިހަމަކޮށްފައިވީނަމަވެސް ކޯހުގައި ބައިވެރިވުމަށް ހުޅުވާލުމުން 350 އަށްވުރެ ގިނަ ފަރާތުން ކޯހުގައި ބައިވެރިވުމަށް އެދިފައިވެއެވެ. އެ ކޯހުގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމާއި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ އިތުރުން ކަރަންޓް ވަޔަރުކުރުމުގެ އަސާސީ މައުލޫމާތު ވެސް ވަނީ ކިޔައިދީފަ އެވެ.