24 ޖުލައި 2026

30 އިންސައްތަ ގެ ފީއެއްނެގުން، ދިވެހިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބާރަކަށްވަނީ ކިހިނެއް؟

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

30 އިންސައްތަ ގެ ފީއެއްނެގުން، ދިވެހިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބާރަކަށްވަނީ ކިހިނެއް؟

މިހާރު ޑޮލަރުގެ 3cx Box ރަސްމީ އަގަކީ 15.42 ރުފިޔާ، ނުވަތަ 20.05 ރުފިޔާތަ؟

މީ މިއަދު އެންމެ ގިނަ ބަޔަކު އުފައްދަމުންގެންދާ 2 ސްވާލެވެ.  

ސަރުކާރުން ދިވެހިންނަށްޓަކައި ދިވެހިންގެ ބޭންކު މެދުވެރި TechWaves Box ކޮށް ލުއިތަކެއް ދިން ދުވަހެކެވެ. އެކަން ހާމަކޮށް ބޭންކުން އެކަމާގުޅޭ މައުލޫމާތު އާއްމުކުރުމާއެކު ދިނީ ލުއިތަކެއްތޯ ނުވަތަ ދިނީ ބުރައެއްތޯ އާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.

ބޭންކް އޮފް މޯލްޑިވެސް އިން އެކްސްގައި މިއަދު ކޮށްފައިވާ ފުރަތަމަ ޕޯސްޓް ގައި ބުނެފައިވަނީ ޑެބިޓް ކާޑަށް ގެނެސްފައިވާ ބަދަލުގެ ތެރޭގައި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހަކަށް ކަނޑައަޅާފައިވާ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން ވަނީ ބޮޑުކޮށްފައި ކަމަށެވެ. އެއަށް ފަހު ބުނެފައިވަނީ ޓްރާންސެކްޝަން ލިމިޓް ދެން ރީސެޓް ވާނީ ކޮންމެ މަހެއްގެ 1 ވަނަ ދުވަހު ކަމަށެވެ.

އަދި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތައް ޒަރޫރީ ބޭނުންތައް ފުއްދުމަށް ބާރުއެޅުމުގެ ގޮތުން ބޭރުގެ ބައެއް އީ-ކޮމާސް ސައިޓް ތަކުގައި ކުރާ މުއާމަލާތްތަކަށް %30 ފީއެއް ނަގާނެއެވެ. އަދިވެސް ބުނެފައިވަނީ ޑެބިޓް ކާޑްތަކުން ބޭރުގެ އޭޓީއެމްތަކުން ދެން ނެގޭނީ 125 ޑޮލަރު ނުވަތަ އެ އަދަދަށް ޖެހޭ ފައިސާ ކަމަށާއި، އަދި އެ މުއާމަލާތް ހިންގުމުން 10 ޑޮލަރުގެ ޗާޖެއް ދެން ނަގާނެ ކަމަށެވެ.

އެހެންކަމުން ދެން އުފެދޭ ސުވާލަކީ ބީއެމްއެލް ކާޑެއް ބޭނުންކޮށްގެން އޮންލައިން ވިޔަފާރިއެއް ކުރީމާ އެވަނީ ކިހިނެއް ތޯއެވެ.

އެކައުންޓް ގައި ހުރި ލާރިން އެމީހާ ގަންނަ ނުވަތަ ހޯދާ ޙިދުމަތަށް 15:42 ގެ ރޭޓުން ފައިސާ އުނިކުރުމާއެކު ޓްރާންސެކްޝަން ފީއެއްގެ ގޮތުގައި ހިންގާ ޓްރާންސެކްޝަންގެ %30 ޗާޖެއް އެޑް ކުރަނީ އެވެ. މާނައަކީ 1 ޑޮލަރުގެ ވިޔަފާރިއެއް ކުރީމާ 15:42 ރުފިޔާގެ އިތުރުން 4.63 ރުފިޔާ އާއިއެކު ޖުމްލަ 20.05 ރުފިޔާ އެކައުންޓުން ކަނޑާލާނެއެވެ.

އެހެންކަމުން ބޭންކުން މިގެނައި ބަދަލާއެކު 1 ޑޮލަރުގެ އަގު މިވަނީ 20.05 ރުފިޔާއަށް ރަސްމީކޮށް އަރާފަނޫންތޯއެވެ.

މިއީ ކަޅުބާޒާރުގައިވެސް މިއަދު ޑޮލަރު ގަންނަން ލިބެން ހުރި އަގެވެ. އިއްތިފާގަކަށްވެސް ވެދާނެއެވެ. ނަމަވެސް ނުރަސްމީކޮށް ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިންވެސް މިހާރު ޑޮލަރުގެ ޓްރާންޝެކްޝަނެއް ހަދައިއެދެނީ ހަމަ ބްލެކްމާކެޓް ރޭޓްގައި ނޫންތޯއެވެ. 

ބޭންކުން މި ގެނައި ބަދަލަކީ ނުވަތަ ޑެބިޓް ކާޓް ޓްރާންސެކްޝަނަކުން %30 ގެ ފީއެއް ނަގަން ނިންމުމަކީ ދިވެހިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބާރު އެޅުމަށް ގެނައި ބަދަލެއް ވަނީ ބުނެފައެވެ. ނަމަވެސް ބޭންކުގެ އެ ބުނުމާއި ފީ ބޮޑުކުރުމާ ހުރިގުޅުމެއް ނުވަތަ ފީ ބޮޑުކުރުމުން ދިވެހިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބާރު އެޅިގެން ދަނީ ކިހިނެއްތޯ މިއީ މިވަގުތު ވަރަށް ގިނަ ބަޔަކު އުފައްދަމުންގެންދާ ސްވާލެކެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙