މުޙައްމަދު ވިޝާންގައުމާއި ރައްޔިތުންގެ މައްޗަށް އެއްވެސް ވަރެއްގެ ލޯތްބެއް ހަމްދަރުދީއެއް އޮތްނަމަ ނާގާބިލުކަން ޤަބޫލުކޮށް ރައްޔިތުންނާއި ގައުމުގެ ހައްގުގަ އިސްތުއުފާދެއްވުމަށް ރައީސް ޑރ މުއިއްޒު އަށް އިދިކޮޅު ލީޑަރ ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
ސަރުކާރުން ކުރާކޮންމެ ކަމެއް ކޮންމެ ފަހަރަކު ރައްޔިތުންނަށާއި ގައުމަށް ގެއްލުންވާގޮތަށް ކުރުމަށް
ފަހު، މަޖުބޫރުވެގެން ނަމަވެސް ފަހުން އެކަންކަން ބަދަލުކުރާ ކަން އެއީ ވަރަށްބޮޑު ނަސޭބިއްކަމަށް ވިދާޅުވެ އެކްސް ގައި އިދިކޮޅު ލީޑަރ ފައްޔާޒް އިސްމާއިލް ކުރައްވާއިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށެވެ.
ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް،" ފައްޔާޒު ވިދާޅުވިއެވެ.
އެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެހެންކަމުން އެހާހިސާބަށް ކަންކަން ދިޔައީމަ ރައީސުލްޖުލްމްހޫރިއްޔާ
ކަމުގެ މަޤާމު އެންމެ ރަނގަޅަށް އަދާކުރެވިދާނެތޯ އަމިއްލަ ނަފްސާއި ސްވާލުކޮށްލަން އެބަޖެހޭ ކަމަށާއި، އެގޮތުން އެސުވާލު އަމިއްލަ ނަފްސާއި ކުރެއްވުމަށްފު ގައުމާއި ރައްޔިތުންގެ މައްޗަށް އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ އިއާދަނުކުރެވޭ ހިސާބަށް ގައުމުގެ ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް ކަމުގައި އެވެ.