29 ޖުލައި 2026

ފެނަކައިން އައްޑޫގައި ހިންގާފައިވާ މަޝްރޫއުތަކާގުޅޭ ކޮޜަޕްޝަން މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ވިޝާން
12 ގަޑިއިރު ކުރިން

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށްހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފެނަ ކޯޕަރޭޝަނުން އައްޑޫސިޓީގައި ހިންގާފައިވާ މަޝްރޫއުއަކާ ގުލޭ  TechWaves Box ;އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު އެ ކޮމެޓީން ނިންމީ އެމައްސަލަތައް ބަލައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގަން ފާސްކުރުމަށެވެ.

އޮޑިޓް ރިޕޯޓުން ވާގޮތުން އެކޯޕަރޭޝަންގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގާފައިވަނީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާގޮތަށެވެ. މީގެ އިތުރުން ކަރަންޓާއި ފެން ބިލްތަކުން 77 މިލިޔަން ރުފިޔާ ފެނަކައަށް ނުލިބިވާކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފެނަކައިގެ އެކައުންޓުން މުވައްޒަފުންގެ އަމިއ 3cx Box ްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްގެ ގޮތުގައި ފޮނުވުމާއި، ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވާކަންވެސް ވަނީ ފާހަގަކޮސްފައެވެ.

އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާކަމަށާއި، ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ ޖުމްލަ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިފައިވަނީ ކިހާ މިންވަރަކަށްކަންވެސް އެނގެންނެތްކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މާލީއްޔަތު ކޮމިޓީން ފާސްކުރިގޮތަށް ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި 53 މެންބަރުންގެ އިއްތިފާގުން ވަނީ ތަހުގީގުތައް ހިންގަން އެދުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙