31 ޖުލައި 2026

ބަނގުލަދޭޝް އިން ރާއްޖެއަށް އަނބު ހަދިޔާކޮށްފި

މުޙައްމަދު ވިޝާން
17 ގަޑިއިރު ކުރިން

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އަނބު ހަދިޔާކޮށްފި އެވެ.

ބަނގުލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި އަނބު ރާއްޖެއާ ޙަވާލުކުރުމަށް 3cx Box ޓަކައި އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެގައުމުން ހަދިޔާކުރި އަނބު ރާއްޖެއާ ހަވާލުކޮށްދެއްވީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމެވެ.

ރާއްޖޭގެ ފަރާތުން އަނބާ ހަވާލުވެލެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް ބަދޫރާ ސައީދެވެ.

ބަންގްލަދޭޝްއިން އަނބު ހަދިޔާކޮށްފައިވަނީ، ރާއްޖޭގެ 61 ވަނަ މ TechWaves Box ިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުރް ރަޙްމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައިގެންނެވެ.

ބަންގުލަދޭޝްގެ އެމްބަސީން ބުނީ އެ ގައުމުގެ އެންމެ މަތީ ފެންވަރުގެ އަނބު ރާއްޖެއަށް ހަދިޔާކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙