މުޙައްމަދު ވިޝާން100 އަށްވުރެ ގިނަ ތަޖުރީބާރުންނާއެކު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ މަޝްވަރާ މަޖިލީހަކާއި ގައުމީ މަޖިޅހެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންއަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވި
ދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ވީހާވެސް ގިނަ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުިރައްވަން ކަމަށާއި، އެގޮތުން ރައީސަށް ލަފާދޭ މަޝްވަރާ މަޖިލީހާއި ގައުމީ މަޖިލީސް އަންނަ ނޮވެމްބަރުމަހުގެ ނިއަލަށް އެކުލަވާލައްވާނެ ކަމަށެވެ.
އެގޮތުން އެކުލަވާލާ މި މަޖިލީހުގައި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ހިމަނުއްވަވާއިރު އޭގެ ތެރޭގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި މަތީ މަގާމުތަކުގައި ގިނަ ދުވަސްތަކެއްގައި ހިދުމަތްކުރައްވާފައި ތިއްބެވި ބޭފުޅުން ވެސް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ މީގެތެރެއިން ހާއްސަ މަޝްވަރާ މަޖިލީހ
ގައި އިސް ރަށްވެހިންގެ ތެރެއިން، ދައުލަތުގެ އިއްޒަތުގެ ޝަރަފާއި، މަތިވެރި އިއްޒަތުގެ ޝަރަފާއި، ދިގު މުއްދަތުގެ ޝަރަފު ފަދަ ޝަރަފުތައް ލިބިވަޑައިގެން ތިއްބެވި، ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުން ހިމަނުއްވާނެ ކަމަށެވެ.
މީގެ އިތުރުން ގައުމީ މަޖިލީހަކީ އެކި ފަންނުތަކުން ތަޖުރިބާ ހާސިލުކޮށްފައި ތިބި، ތައުލީމީ އަދި ތަޖުރިބާކާރު ބޭފުޅުން ހިމަނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.